ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ސިފައިން ކުރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް
3 ނޮވެމްބަރު 2026 - 01:48

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފަޚުރުވެރި ދިވެހި ސިފައިންނަށާއި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، އެމަނިކުފާނުގެ މެސެޖުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ޖިހާދުކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރައްވައި ޅެން ބައިތެއް ހިމަނުއްވާފައިވެއެވެ.
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ
ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ"
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

-01.jpg&w=3840&q=75)
