logo
Bank of Maldives

Bank of Maldives

ޚަބަރު

އެހެން ފިކުރުތަކުން ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ފަނާކުރުވަނިވި އަމަލުތައް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2026 - 19:37
އެހެން ފިކުރުތަކުން ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ފަނާކުރުވަނިވި އަމަލުތައް: ރައީސް

ޕީއެންސީ ފިޔަވައި އެހެން ފިކުރުތަކުން ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ފަނާކުރުވަނިވި އަމަލުތައް ކަމަށާއި، ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާއި ޤައުމިއްޔަތުގެ މައްޗަށް ކަމަށާއި، މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުންދަނީ ދީނަށް ނަޞްރުދީ އިސްލާމީ ޙަޟާރަތު އާލާކުރުމަށް ކަމަށެވެ. އަދި ސަރުކާރު ހިންގަމުންދަނީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން އެދޭ ގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިންގެ ރީތި އާދަކާދަތައް ނެތިދާން ފެށީ ސިޔާސީ އޮއިވަރުގެ ސަބަބުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިޚްތިރާމްކުރުމުގެ އާދަ ގެއްލުނީ ސިޔާސީ ނިޒާމު އައި އިރު ވެރިންގެ އަބުރު ކަތިލުމަށް ރޭވިގެން ކުރެވުނު މަސައްކަތްތަކުން ކަމަށެވެ. "ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ޤައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ޤައުމެއް ނޫން. ބައެއް ފަހަރު ދީނާ ޚިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޕީއެންސީއާއި އެހެނިހެން ފިކުރުތަކުގެ ތަފާތު ދެނެގަތުމަށް އަޅާކިޔުމަށް އެދިވަޑައިގެންފައެވެ. އަދި ޕީއެންސީއަކީ އަދުލުވެރިކަމާއި، އިންސާފާއި، ބިނާކުރުމުގެ ފިކުރުގެ މަތީގައި ދެމިއޮތް ހަމައެކަނި ޕާޓީ ކަމަށް ވިދާޅުވެ، މި ސަފުތައް ބަދަހިކޮށް އޮތީ އެ ފަލްސަފާގެ ސަބަބުން ކަމަށް ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ އިޖުތިމާޢީ އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، ހުރިހާ ކަމެއް ފަށަން ޖެހުނީ ސުމަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މި ވެރިކަމުގައި ދަރަނި ދެއްކުމަށާއި، މިނިވަންކަމާއެކު ސިޔާސީ ފިކުރު ބޭނުންކުރުމަށާއި، އަދުލުވެރިކަން ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ކޮރަޕްޝަން ނައްތާލައި ދިފާޢީ ރައްކާތެރިކަން ވަރުގަދަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 29 މިނިޓު ކުރިންއެހެން ފިކުރުތަކުން ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ފަނާކުރުވަނިވި އަމަލުތައް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމިސަރުކާރުން 1.3 ބިލިއަން ޑޮލަރު ދައްކައިފިން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވައިފިޚަބަރު | 3 ގަޑިއިރު ކުރިން