logo
MPL

MPL

ޚަބަރު

މިސަރުކާރުން 1.3 ބިލިއަން ޑޮލަރު ދައްކައިފިން: ރައީސް

އަޙުމަދު ރަމީޒު
18 ސެޕްޓެމްބަރު 2026 - 18:57
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި

ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ 1.3 ބިލިއަން ޑޮލަރުގެ ދަރަނި މިސަރުކާރުން ދައްކައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިގްތިސާދީ ހާލަތު ބެއްލެވިއިރު އިގްތިސާދު އޮތީ ބޮޑު އަނދަވަޅަކަށް ވައްޓާލާފައި ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ފަށަން ޖެހުނީ ސުމަކުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހުނު އެއް ކަމަކީ ނިމިދިޔ ސަރުކާރުތަކުން ނަަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އިއްޔެއާ ހަމައަށް 1.3 ބިލިއަން ޑޮލަރު ނިމިދިޔަ ސަރުކާރުތަކުގެ ލޯނުތަކަށް ދައްކާފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހަރު މުދާތައް ރަހުނުކޮށްފައި ބޮޑެތި އަދަދުތަކުން ލޯން ނެގި މީހުން އެ ލޯނުތަކުގެ ވާހަކަ ނުދެއްކުމަށް އެދެމުންދާ ކަމަށެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައްކަންޖެހުނު 532 މިލިއަން ޑޮލަރުގެ ސުކޫކްގެ ފައިސާ މިސަރުކާރުން އެއްފަހަރާ ދެއްކީ ގައުމު ބަނގުރޫޓްވުމުން ސަލާމަތްކުރަންޖެހޭތީ ކަމަށެވެ. އެކަން ނުކުރިނަމަ ގައުމުގެ ހަރުމުދާތައް ރަހުނުން ސަލާމަތް ނުވީސް ކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީއަކީ ގައުމީ ފިކުރުގެ ޕާޓީއަކަށް ވާތީ ޕީއެންސީގެ ސިޔާސަތަކީ އިސްލާމް ދީން ދިފާއުކޮށް ގައުމުގެ ހަރުމުދާތައް ސަލާމަތްކުރުން ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސ ބޭރު މީހުންނަށް ވިއްކާލާފައިވާތީ އެ ހިއްސާތައް އަނބުރާ ހޯދަން ބޭނުންވަނީވެސް ގައުމީ ވިސްނުމެއްގައި ކަމަށް ވިދާޅުވި އެވެ.

ގައުމީ ފިކުރުގެ ވާހަކަދައްކާތީއާއި ދިވެހިން ހަރު މުދާ ދިވެހިންގެ އަތްމަތީގައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވާތީ ވާދަވެރިން އެކަމުގައިވެސް ދެކޮޅު ހަދަމުންދާ ކަމުގައިޕ ރައީސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ގައުމުގެ ވިންދު ޖަހާ މީހަކު، ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ ކުންފުނިތައް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުންދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރައްޔިތުން ސިކުނޑީގެ ބޭނުން ހިފައިގެން ގައުމީ ފިކުރުގައި ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 18 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން