logo
MPL

MPL

ޚަބަރު

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމް

އަޙުމަދު ރަމީޒު
19 ސެޕްޓެމްބަރު 2026 - 13:50
ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އަބްދުއްރަހީމާއި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ
ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން އަބްދުއްރަހީމާއި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއް ފަތަހަކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް ރޭ ނިންމާލާފައިވާއިރު ރޭގެ ޖަލްސާގައި ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި ޕީއެންސީގެ ޓިކެޓް ރައީސް މުއިއްޒަށް އަރުވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްއާ އެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޕީއެންސީން ފަށާފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އަތޮޅުތަކަށް ޕީއެންސީގެ މެންބަރުން ފެތުރިގަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހާ ހިސާބުން އެ ފެށުނީ އަޅުގަނޑުމެންގެ މަސައްކަތް. ދެން އިރާދަކުރެވިއްޔާ އަޅުގަނޑުމެންނެއް ނުހުއްޓުވޭނެ. ކޮންމެ ރަށެއް، ކޮންމެ ގެއެއް އަޅުގަނޑުމެން ދާނީ ފަތަހަ ކުރަމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒަށް ތާއީދު ހޯދުމުގެ ގޮތުން ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ވަދެ ހުރިހާ އުުމުރުފުރައެއްގެ މީހުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދީގެން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިވެރިކަމުގައި ގައުމު ބަގުރޫޓްވާނެ ކަމަށް ބަޔަކު ބުނި ކަމަށެވެ. ނަމަވެސް ދަރަނިތައް ގަވައިދުން ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ގައުމު ސަލާމަތްކޮށްދިނީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި އެވެ. އެހެންވެ ރައީސް މުއިއްޒަކީ އިގްތިސާދީ މާހިރެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވި އެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ފަހުރުވެރިކަމާއެކީގައި ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވާތީ އަބްދުއްރަހީމް ވަނީ ނުސީދާކޮށް ރައީސް ޔާމީން ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ގޭގެ ސިޓިން ރޫމުގައި އިންނަވައިގެން ތިމަންނާއަކީ އިގްތިސާދީ މާހިރެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެއީ މީހުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އިގްތިސާދީ މާހިރެއް ނަމަ މީހުންނަށް ގަބޫލުކުރެވޭ ގޮތަށް ނަތީޖާ ނެރެދެވެން ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން