logo
Bank of Maldives

Bank of Maldives

ޚަބަރު

ގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމް

މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2026 - 09:59
ގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމް

ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މިދިޔަ އަހަރު އެކަނިވެސް 41 ގައިޑްލައިން އެކުލަވާލާފައިވާ ކަމަށާއި، މި ގައިޑްލައިންތަކާއެކު ކޮންމެ ސަރަޙައްދެއްގައި ހުންނަ ބަލި މީހަކަށްވެސް އެއް ކޮލެޓީއެއްގައި ފަރުވާ ދެވޭކަން ކަށަވަރުވާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ތަރުޖަމާނާއިއެކު ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޞިއްޙީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ އިތުބާރު އުފެދިގެން އަންނަނީ އެކަމުގެ އެސްއޯޕީސްތައް ރަނގަޅަށް އެކުލަވާލައިގެން ކަމަށެވެ. އަދި ޞިއްޙީ ނިޒާމުގައި އަމަލުކުރަމުންދާ ސްޓޭންޑާރޑްސްތަކަކީ ދުނިޔެއިން ބަލައިގަނެފައިވާ ނިޒާމްތަކަށް ވާންޖެހޭ ކަމަށެވެ.

ވަޒީރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހަރުދަނާ ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއްކަމަކީ އަދިވެސް އިތުރަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލާ މި ގައިޑްލައިންތަކަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ. އަދި މި ގައިޑްލައިންތަކަށް ޑޮކްޓަރުން އަހުލުވެރި ކުރުވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ އަހަރު އެކަނިވެސް އަޅުގަނޑުމެން 41 ޓްރީޓްމަންޓް ގައިޑްލައިން އެކުލަވާލައިފިން. އަދި މިއަހަރުގެ ބަޖެޓުގައިވެސް އިތުރަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމާއި، އެއަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށްޓަކައި ބަޖެޓުގައި ވަނީ ހަމަޖެހިފައި. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން." ވަޒީރު ވިދާޅުވިއެވެ.

ޓްރީޓްމަންޓް ގައިޑްލައިންތަކުގެ ސަބަބުން ނަތީޖާއަކަށް ވެގެންދާނީ، އާންމުކޮށް ރާއްޖޭގައި ހުރި ބަލިމަޑުކަމުގެ ކަންކަން އެންމެން ޤަބޫލުކުރާ ޓްރީޓްމަންޓް ގައިޑްލައިންއެއްގެ ދަށުން ކުރިޔަށް ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ދަށުން ކޮންމެ ސަރަޙައްދެއްގައި ހުންނަ ބަލި މީހަކަށްވެސް އެއް ގޮތަކަށް ފަރުވާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން އެއް ކޮލެޓީއެއްގައި ފަރުވާ ދެވޭކަން ކަށަވަރު ވެގެންދާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާތިމް އިބްރާހިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރު ޙަވާލުވެ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަން ބެލިއިރު އޮތް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަން ކަމަށެވެ. މިކަމަށް ޙައްލެއް ގެނައުމަށް ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް އެކި މަރުހަލާތަކުގައި 5 ބިލިޔަން ރުފިޔާގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފިޚަބަރު | ދުވަހެއް ކުރިންރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | 2 ދުވަސް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 6 ދުވަސް ކުރިންކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި 53 މިލިއަން ރުފިޔާގެ ފެސިލިޓީއެއް އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން