logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފި

އިސްމާޢިލް ރާތިޢު
31 އޮކްޓޯބަރު 2025 - 15:00
ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބާއްވާ ދުވުމުގެ ތެރެއިން- ފޮޓޯ: ޞިއްޙީ ވުޒާރާ
ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބާއްވާ ދުވުމުގެ ތެރެއިން- ފޮޓޯ: ޞިއްޙީ ވުޒާރާ

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފިއެވެ.

މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަލް ޓޮބޭކޯ ބޭން" އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

"ނެޝެނަލް ޓޯޗް ރަން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ދުވުމަކީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަނަލް ޓޮބޭކޯ ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވިދާޅުވީ ރާއްޖޭގައި ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ތަންފީޒުކުރަން ފެށިފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި ޕޭޑެން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި 53 މިލިއަން ރުފިޔާގެ ފެސިލިޓީއެއް އަޅަން ހަވާލުކޮށްފިޚަބަރު | 8 ދުވަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | 10 ދުވަސް ކުރިންހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފިޚަބަރު | 13 ދުވަސް ކުރިންވޯލްޑް ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން