logo
މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ ޖެނެރޭޝަން ބޭން ޖީލެއް ކަނޑައެޅި ފުރަތަމަ ގައުމަަކަަށް ރާއްޖެ ހެދުން: ރައީސް

އަމާޒަކީ ޖެނެރޭޝަން ބޭން ޖީލެއް ކަނޑައެޅި ފުރަތަމަ ގައުމަަކަަށް ރާއްޖެ ހެދުން: ރައީސް

އަމާޒަކީ ޖެނެރޭޝަން ބޭން ޖީލެއް ކަނޑައެޅި ފުރަތަމަ ގައުމަަކަަށް ރާއްޖެ ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވއ. ރައީސްގެ ޕޯސްޓުގައި ދުންފަތާއި ނިކޮޓިންގެ ނުރައްކާތެރި ވަބާއިން ދިވެހި ރައްޔިތުން، ޚާއްޞަކޮށް ޒުވާން ޖީލުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައި ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ވަރުގަދަ އަޒުމެއް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން، ޒުވާނުން ދުންފަތުގެ ނުރައްކަލަށް ހުށަހެޅުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ނުވަތަ ދުންފަތް މަނާކުރާ ވަކި ޖީލެއް ކަނޑައެޅި ދުނިޔޭގެ ފުރަތަމަ ގައުމަށް ވުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި މި އަމާޒުގެ އެންމެ ބޮޑު ބޭނުމަކީ ކުރިމަތިލާން އޮތް ޖީލުތަކަކީ ދުންފަތުގެ ވަބާއިން މުޅިން ސަލާމަތްވެފައިވާ، ހަށިހެޔޮ ބައެއްގެ ގޮތުގައި ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

މިއަދު ދިމާވަމުންދާ އާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ޑރ. މުއިއްޒުގެ ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ބާޒާރަށް ނެރެމުންދާ ތަފާތު ރަހަތައް އެކުލެވޭ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރިއަށްގެންދާ އިޝްތިހާރުތަކަކީ މިއަދު ކުރިމަތިވެފައިވާ އާ ނުރައްކާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަށް ސަރުކާރުން ސަމާލުވެ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އާދަ ދޫކޮށްލުމަށް ހިތްވަރު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ ދުންފަތް ހުއްޓާލުމަށް އެހީތެރިވެދޭ "ސެސޭޝަން ސާވިސް" ނުވަތަ ފަރުވާގެ ހިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ތަންތަން އިތުރުކުރުމަކީވެސް ސަރުކާރުގެ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަސައްކަތުގައި، ހުރިހާ ރައްޔިތުން އެކުގައި އަތްގުޅާލައިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންއަމާޒަކީ ޖެނެރޭޝަން ބޭން ޖީލެއް ކަނޑައެޅި ފުރަތަމަ ގައުމަަކަަށް ރާއްޖެ ހެދުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސް، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިޚަބަރު | 13 ގަޑިއިރު ކުރިންތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެޚަބަރު | 20 ގަޑިއިރު ކުރިން