logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާ

ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާ

ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މެޑަމް ސާޖިދާ ވަނީ ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތްކަމަށާއި އަންނަ އޮތް ޖީލު މިވަބާއިން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ފިޔަވަޅުތައް ފާހަގަކުރައްވާ، ހޭލުންތެރިކުރުވުމާއި، ތަޢުލީމާއި އެންމެން ގުޅިގެން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށްވަނީ ގޮވާލައްވާފައެވެ.

ދުންފަތާދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ: މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންގައުމު ބިނާ ކުރުމުގައި ހުރިހާ ދަރަޖައެއްގައި އަންހެނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 23 ދުވަސް ކުރިންބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި އެއްބައިވަންތަކަމުގެ ރީތި މިސާލެއް: ފަސްޓް ލޭޑީޚަބަރު | މަހެއް ކުރިން