logo
MPL

MPL

ޚަބަރު

ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ: މެޑަމް ސާޖިދާ

އަޙުމަދު ރިޝާން
16 ސެޕްޓެމްބަރު 2026 - 14:02
ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ: މެޑަމް ސާޖިދާ

ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ ކަމަށް ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ވިލިމާލޭގައި ބޭއްވި 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ކޭމްޕުގައި ބައިވެރިވި ދަރިވަރުން، އެތަކެއް ކަމެއް އުނގެނި ތަޖުރިބާތައް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވަނީ ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ގައިޑް ހަރަކާތް ހިންގަމުންދާތާ 75 އަހަރުވުމަށް ކައިރިވެފައިވާއިރު، މިކަމުން ދައްކުވައިދެނީ ގައިޑް އުނގެނުމާއި ރަނގަޅު އަހުލާގަށް އަހުލުވެރިވުމަކީ ދިވެހިން އަބަދުވެސް އިސްކަންދޭ ސިފައެއްކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތަކީ ދަރިވަރުން ފަރުދީ ފެންވަރުގައި ބިނާކޮށް، ސިއްޙަތަށް އިސްކަންދީ، މުރާލިވެ، ކުލުނު އުފައްދައި، ޤައުމާއި ދީނުގެ އަގު އުގަންނައިދޭ ހަރަކާތެއްކަން ފާހަގަކުރައްވަމުން، މިކަމުގެ ސަބަބުން މުޖުތަމަޢަށް ބޭނުންތެރި އަންހެން ފަރުދުން އުފެދިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައިޑު ހަރަކާތުން ފަރުދީ ޝަހުސިއްޔަތުގެ އިތުރުން އިޖްތިމާޢީ ޝަހުސިއްޔަތުވެސް ބިނާކޮށްދޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން މި ތަމްރީނުތަކުގެ ސަބަބުން އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫހު އާލާވެ، ކަންކަމާމެދު ތޫނުކޮށް ވިސްނައި، ޖަމާޢަތުގެ މަންފާ ކުރިއަށް ނެރެން ދަސްވެ، ނަތީޖާއެއްގެ ގޮތުން ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި އެހެން މީހުން ގަބޫލުކުރާ ޝަހުސިއްޔަތަކަށް ކުދިން ވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

 އަމިއްލަ ނަފްސު ތަރައްގީކުރުމާއެކު މުޖުތަމައުއަށް ބޭނުންވާ އިންސާނިއްޔަތު ކަމުގެ ސިފަ ކުދިންގެ ކިބައިގައި އަށަގަންނުވާ މިއީ މަދަދުވެރި ގައުމީ ހިދުމަތްތެރިންތަކެއް އުފައްދައިދޭ ހަރަކާތެއްކަން ފާހަގަކުރައްވައި، ދީނީ ކަންކަމަށް ސަމާލުކަންދީ ފަރުވާތެރިވުމަށް އެކަމަނާ ވިދާޅުވި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | 20 ދުވަސް ކުރިންކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިން