logo
MPL

MPL

ޚަބަރު

ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2026 - 15:19
ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މިއަހަރުގެ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ސައްލާ ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލްގެ އިތުރުން ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް ފާޠިމަތު ލީނާ ވިދާޅުވީ، އުމުރުން ދުވަސްވުމުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ސިއްޙީ ހާލަތާއި އާއިލީ ކަންކަމާ ގުޅިގެން ނަފުސާނީ ހަމަޖެހުމަށް ރަނގަޅު އަދި ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވަމުން ލީނާ ވިދާޅުވީ، އެމީހުންނާ ވާހަކަދައްކާލާނެ ބަޔަކު ތިބުމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެއް ކަމަށެވެ.

ދޮށީ އުމުުރުގެ ބޭފުޅުންނަކީ ހަމައެކަނި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއްގެ ބަދަލުގައި އެފަރާތްތަކުގެ ތަޖުރިބާއާއި ޢިލްމަކީ ނުހަނު ބޭނުންތެރި އެއްޗެއްކަން ބަލައިގަނެ އެމީހުންގެ ވާހަކަތައް އަޑު އެހުމުން އެނގޭނެ އެތައް ފިލާވަޅުތަކެއް ހުންނާނެ، ލީނާ ވިދާޅުވިއެވެ. ކުޑަވަގުތުކޮޅަކަށް ވާހަކަދައްކާލުމާއި ވަގުތު ހޭދަކޮށްލުމަކީ އެބޭފުޅުންގެ ހަޔާތަށް މާނަވީ ބަދަލުތަކެއް އަންނާނެކަމެއްކަން ޔަޤީން.

މި ސައްލާގެ ތެރެއިން ވަނީ އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެކި މަޢުޟޫތަކަށް އެބޭފުޅުންގެ ތަޖުރިބާއާއި ޢިލްމު ހިއްސާކޮށްފައެވެ. މީގެ އިތުރުން ޑިމެންޝިއާ އަދި ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނަކާއި، އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަށިހެޔޮކަމުގެ އުފާވެރި ފިޒިކަލް ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިން ނަފުސާނީ ބައްޔާ މެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 10 ގަޑިއިރު ކުރިންޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުމަކީ މުހިންމު ކަމެއް: ސާޖިދާޚަބަރު | 5 ދުވަސް ކުރިންއުމުރުން ދުވަސްވީ މީހުންނަކީ އެއް ޖީލުން އަނެއް ޖީލަށް ޢިލްމާއި ހިކުމަތް ފޯރުކޮށްދޭ މުހިއްމު ބައެއް: ސާޖިދާޚަބަރު | 9 ދުވަސް ކުރިން