ޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުމަކީ މުހިންމު ކަމެއް: ސާޖިދާ
5 އޮކްޓޯބަރު 2026 - 08:15
ޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް މުދައްރިސުން ހޭނުވުމަށް ތަމްރީން ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތްތަކާއި، އޯގާތެރިކަމާއެކު އުނގަންނައިދިނުމަށް ވެވަޑައިގަންނަވާ ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށް މަގުދައްކައިދީ ތަރުބިއްޔަތުކޮށް، މިއަދު ފަޚުރުވެރިވާ ހަރުދަނާ އަދި އަޅާލާ މުޖުތަމަޢުތައް ބިނާކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައި އާއެކު ތަރައްގީވަމުންދާއިރު މުދައްރިސުންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވައި، މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށް މުދައްރިސުން ބާރުވެރިކޮށް ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް ފަސްޓްލޭޑީ އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، މުދައްރިސުން ކޮންމެ ދުވަހަކުވެސް އަޅާލުމާއި އޯގާތެރިކަމާއެކު ކޮށްދެއްވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވަމުން، ކްލާސްރޫމްގައި ކިޔަވައިދޭ އެއްޗެއް ކްލާސްރޫމުން ބޭރަށް ދެމިގެންދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
