އަންހެން ކުދިންގެ ހުނަރުން މުޖުތަމައު މާބޮޑަށް ވަރުގަދަވެގެންދޭ: މެޑަމް ސާޖިދާ
11 އޮކްޓޯބަރު 2026 - 06:43
އަންހެން ކުދިންގެ އަޑުތަކާއި، ހުނަރާއި، ލީޑަޝިޕްގެ ސަބަބުން މުޖުތަމަޢުތައް މާ ބޮޑަށް ވަރުގަދަވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން މެޑަމް ސާޖިދާ ސޯޝަލް މީޑިއާޔަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހުނަރާއި، ޤާބިލުކަމާއި، އަދި ކުރިއެރުމަށް އޮތް ފުރުސަތުތައް ބޮޑު ކަމަށެވެ. އަންހެން ކުދިންނަކީ މުޖުތަމަޢުގެ ލީޑަރުންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކާއި، އަދި ބަދަލު ގެންނަ ފަރާތްތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
އަންހެން ކުދިންނަށް ބާރުވެރިކަން ހޯދައިދިނުމަކީ ހަމައެކަނި އެ ކުދިންގެ އަމިއްލަ ޙަޔާތް ބަދަލުކޮށްލުމެއް ނޫން ކަމަށާއި އެއީ މުޅި ޤައުމުގެ މުސްތަޤުބަލު ބިނާކުރުން ކުރުން ކަމަށް ވިދާޅުވި އެވެ. ތަޢުލީމީ ދާއިރާއާއި، ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރާއި، އަދި މުޖުތަމޢު ހިންގުމުގައި ދިވެހި އަންހެން ކުދިންނާއި ޒުވާން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކަކީ ފާހަގަކޮށްލަންޖެހޭ ފަޚުރުވެރި ކާމިޔާބީތަކެއް ކަމަށް ވެސް މެޑަމް ވިދާޅުވި އެވެ. އަދި ހަމަހަމަ ފުރުސަތުތަކާއި، މަޝްވަރާއާއި، އަދި އެހީތެރިކަން ލިބިގެންދާ ނަމަ އަންހެން ކުދިންގެ ސަބަބުން މުޅި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
އަންހެން ކުދިންގެ އަގުހުރި ހިދުމަތްތަކާއި ކާމިޔާބީތަކަކީ މާ ވަރުގަދަ އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އެ ކަމަނާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
