logo
MPL

MPL

ޚަބަރު

ނަފުސާނީ ބައްޔާ މެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ: މެޑަމް ސާޖިދާ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2026 - 06:25
 ނަފުސާނީ ބައްޔާ މެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ: މެޑަމް ސާޖިދާ

ނަފުސާނީ ބަލިތަކާ މެދު ދެކޭގޮތާއި އެފަދަ ކަންކަމުގައި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަން ބިނާވަނީ ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، ވަށައިގެންވާ މީހުންގެ ސަބަބުން ކަމަށެވެ. އަދި ގޭތެރެއާއި ސްކޫލުތަކާއި މަސައްކަތުގެ މާހައުލުތަކުގައި ކޮންމެ ދުވަހަކުވެސް ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ހިނގަމުންދާއިރު، އެކަކު އަނެކަކަށް އަޑުއަހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ނަފުސާނީ ގޮންޖެހުންތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަކީ ހަގީގީ އެހީތެރިކަން ދޭންވީ ގޮތުގެ އަގުހުރި ވިސްނުމާއި ތަޖުރިބާ ހުރި ބައެއްކަން ބަލައިގަންނަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ނަފުސާނީ ސިއްހަތާ މެދު ގެންގުޅޭ ވިސްނުމާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރުމާއެކު، އެހީތެރިކަން ހޯދުމަށް ފަރުދުންނަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްވެސް އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ފަސްޓްލޭޑީގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ނަފުސާނީ ބަލިތަކާ ގުޅިގެން މީހުންނާމެދު ދެކޭ ނޭދެވޭ ތަފާތުކުރުންތަކާއި ލަދުވެތިކަން ނައްތާލައި، އެންމެންގެ އަޑުވެސް އަހައި އަޅާލުން ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފުސާނީ ބައްޔާ މެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިޚަބަރު | 11 ދުވަސް ކުރިންބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 23 ދުވަސް ކުރިންގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭ: މެޑަމް ސާޖިދާޚަބަރު | 24 ދުވަސް ކުރިން