logo
MPL

MPL

ޚަބަރު

ތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭ

އަޙުމަދު ރަމީޒު
8 ނޮވެމްބަރު 2026 - 16:29
ތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭ

ތަހުޒީބު މުޖުތަމައުތަކުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެފަދަ ފަރާތްތަކުގެ ހުނަރުވެރިކަން ކުރިއަރުވަން ފުރުސަތު ދޭތީވެ އަމަލުކުރާ އުސޫލުތައް އެކުލަވަންވީ ކުލުނާ ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަދަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފަސްޓްލޭޑީގެ ވާހަކަފުޅުގައި އެއްވެސް މީހަކު ބާކީނުކޮށް ކުރިއަށް ދިއުމަށްޓަކައި ވިސްނަންޖެހޭ ބައެއް ކަންކަން ހިއްސާކުރެއްވި އެވެ. އަދި އިސްލާމް ދީން ބާރު އަޅަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހެޔޮކޮށް ހިތުމަށް ކަމަށާއި ނުކުޅެދުންތެރިކަމެއް ހުރީތީ އެއްވެސް ފަރާތެއް ބާކީނުކުރުމަށްވެސް ފަސްޓްލޭޑީ އެދިވަޑަިއގެންނެވި އެެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ތަފާތުކުރުމެއް ނެތި މުޖުތަމައުން ބަލައިގަތުމަށް އެދިވަޑައިގެން މެޑަމް ސާޖިދާ ވިދާޅުވީ މީހުންގެ ބޭރުފުށުން ފެންނަ ސިފައަށް ބަލައިގެން ގޮތް ނިންމާ ފަހަރު ފެންނަ ކަމަށެވެ. އެގޮތަށް އަމަލުކުރުމުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އިތުރު ނިކަމެތިކަމެއް ކުރިމަތިވާ ކަމުގައި ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލުކުރުމަކީ އިންސާނީ ކަރާމާތް ގެއްލި، ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ވަކި ކުލައެއްގައި ތިބޭ މީހުންނަކީ މާ މާތް ބައެއް ކަމަށް ބެލެވުނު. ވަކި ކުލައެއްގައި ތިބުމަކީ މާ ނިކަމެތި ދެރަ ބައެއް ކަމަށް ވެސް ގަބޫލުކުރެވުނު. އަދި ވަކި ނަސްލަކުން، ވަކި ދަރިކޮޅަކުން އައުމުން ވާރުތަވާ މަތިވަރިކަމެއް އޮންނަ ކަމަށް ބައެއް މީހުން ދެކޭ. އަތްފައިގެ ގުނަވަންތަކާ، ހިއްސުތައް އުނިވުމަކީ އެއީ ވަރަށް ބޮޑު ބަދުނަސީބެއް ކަމަށް އެއް ޒަމާނެއްގައި ބައެއް މުޖުތަމައުތަކުގައި ގަބޫލުވެސް ކުރެވުނު،" ސާޖިދާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޑަމް ވިދާޅުވީ ތަހުޒީބު މުޖުތަމައަކަށް ވުމަށްޓަކައި އެންމެން ގޮވައިގެން އުޅެވޭ އަދި އެންމެންގެ ހައްގުތައް ހިމާޔަތްކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް ބޭރު ފުށުން ފެންނަ އުނިކަންކަމަށް ބަލައިގެން ނުކުޅެދޭ މީހުންގެ ކަންކަމުގައި ފަރުވާ ކުޑަކުރެވޭ މަންޒަރު ފެންނަ ކަމުގައިވެސް ވިދާޅުވި އެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ ނުކުޅެދޭ މީހުންނަށް ތަފާތު ނަންނަމުން ގޮވުމަކީވެސް މުޖުތަމައުގެ ތެރެއިން ފެންނަ ހިތި ހަގީގަތެއް ކަމަށެވެ. އެކަމަކު އެފަދަ ކަންކަން މުޖުތަމައުގެ ތެރެއިން އިސްލާހުވަމުންދާ ކަމުގައިވެސް މެޑަމް ސާޖިދު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަދަ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑު ދިނުމަށް ބާއްވާ ޖަލްސާއަކީ ވަރަށް މުހިއްމު އުފާވެރި ޖަލްސާއެއް ކަމުގައުވެސް މެޑަމް ވިދާޅުވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 31 މިނިޓު ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފިޚަބަރު | 20 ދުވަސް ކުރިންކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | މަހެއް ކުރިން