logo
MPL

MPL

ޚަބަރު

ގައުމު ބިނާ ކުރުމުގައި ހުރިހާ ދަރަޖައެއްގައި އަންހެނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަންޖެހޭ: މެޑަމް ސާޖިދާ

އަޙުމަދު ރިޝާން
27 އޯގަސްޓު 2026 - 13:35
ގައުމު ބިނާ ކުރުމުގައި ހުރިހާ ދަރަޖައެއްގައި އަންހެނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަންޖެހޭ: މެޑަމް ސާޖިދާ

ގައުމު ބިނާކުރުމުގެ ވިސްނުމާއި މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި އަދި ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަދި އެކަމަށް އަންހެނުންނަށް މަގުފަހިވާނެ ތަފާތު ޕްރޮގްރާމުތައް ހިންގަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ."ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، އަންހެނުންނަކީ ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ މުހިންމު ބަހާއެއް ކަމަށް ސިފަކުރެއްވިއެވެ. ހަމައެއާއެކު، ގައުމެއް އާރާސްތުކުރުމުގެ ހިތްމަތާއި މިންނަތާއި ވިންދަކީ އަންހެނުން ކަމަށާއި، ތަރައްގީގެ ބިންގަލަކީ އެކަނބަލުން ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލުންތެރިކަމަކީ ކޮންމެ މީހަކަށްވެސް ދަސްކޮށްދޭންޖެހޭ މުހިންމު ހުނަރެއް ކަމަށް ވިދާޅުވަމުން، މިފަދަ ހުނަރުތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގުތިޞާދީ ގޮތުން ޤައުމަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން އަންހެނުންނަށް އަމަލީ އެތައް ކަމަކާއި އިލ୍މީ މައުލޫމާތު ލިބި، ގޭތެރޭގެ ކަންކަމަށް ހައްލު ހޯދުމާއި އީޖާދީ ވިސްނުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި އަންހެނުންނަކީ ތާރީޚަށް ބަލާއިރު ނަސީބުވެރި ބައެއްކަން ފާހަގަކުރައްވަމުން، އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލުވެރިކަން ގާއިމުކޮށްދީފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވާ، ހުނަރުވެރި، އަދި ހުލްގު ހެޔޮ ބަޔަކަށްވުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 12 ދުވަސް ކުރިން ނަފުސާނީ ބައްޔާ މެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 13 ދުވަސް ކުރިންރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިޚަބަރު | 23 ދުވަސް ކުރިންބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން