logo
ޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިBank of Maldives

Bank of Maldives

ޚަބަރު

ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިމާރާތް އަޅަން ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ނޮވެމްބަރު 2025 - 12:51
ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރުން، ފޮޓޯ: ހެލްތް މިނިސްޓްރީ
ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރުން، ފޮޓޯ: ހެލްތް މިނިސްޓްރީ

ރ. ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ ދުވާފަރުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮޖެކްޓްގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށްޓަކައި 06 މަސް ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ދުވާފަރު ޞިއްޙީ މަރުކަޒުގައި ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ (އިންޓެންސިވް ކެއަރ ޔުނިޓް) ޤާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، މި ޢިމާރާތުގައި ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ވެސް ހިމެނެއެވެ.

މިކަންކަމުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރުން ކުޑަވެގެންދާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ދާޢިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޢަލީ ވެސް ވަޑައިގެންނެވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު 652 މީހަކަށް ޑެންގީ ހުން ޖެހިއްޖެޚަބަރު | 11 ދުވަސް ކުރިންއިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 13 ދުވަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 14 ދުވަސް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 19 ދުވަސް ކުރިން