logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

އައިމިނަތު މޫސާ
19 ސެޕްޓެމްބަރު 2025 - 11:33
ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ވ. ފުލިދޫގައި އަލަށް ތަރައްގީކުރުމަށް ނިންމާފައިވާ ސިއްހީ މަރުކަޒުގެ މަސައްކަތާއެކު ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާތުގެ ބިންގާ އެޅުމުގެ މަސައްކަތާއެކު، ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ، ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލިދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަރިހުގައި ވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސައުދީގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒްއެވެ. 

ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާއެވެ.

ފުލިދޫއަކީ އާބާދީގައި ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އަދި، ރާއްޖޭގައި ބަނދަރު ތަރައްޤީކުރެވިފައިނުވާ މަދު ރަށްތަކުގެ ތެރޭގައި އެރަށް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެރަށުގައި ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްކަތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅިގެން ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. 

ފުލިދޫގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ގޮދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަރިހުގައި ވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީގެ އިތުރުން ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޒާޔެވެ. 

ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ. ފުލިދޫއަކީ ބަނދަރެއް ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މިހާރު އޮތް ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަ ބަނދަރެއްކަމުން ބަނދަރުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | 8 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | 9 ގަޑިއިރު ކުރިންރައީސް މުޢިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ވިއްކާފައެއްނުވޭ: ޑެޕިއުޓީ މޭޔަރުޚަބަރު | 11 ގަޑިއިރު ކުރިންކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްރިޕޯޓް | ދުވަހެއް ކުރިން