logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ރިޕޯޓް

ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖެނުއަރީ 2026 - 16:01
ރައީސް، ޕީއެންސީ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާ ބައެއް ބޭފުޅުންނާއެކު، ރައީސް ވިދާޅުވީ ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް، ފޮޓޯ: ޕީއެންސީ
ރައީސް، ޕީއެންސީ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާ ބައެއް ބޭފުޅުންނާއެކު، ރައީސް ވިދާޅުވީ ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް، ފޮޓޯ: ޕީއެންސީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން އިންތިޚާބުކުރެވޭ ލޯކަލް ކައުންސިލުތަކަކީ ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ވެރިކަން ހިންގުމުގެ ބާރު ނުވަތަ އެގްޒެކެޓިވް ބާރުގެ ތެރޭގައި ހިމެނޭ މުހިންމު ފަށަލައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާފައިވާ ފަދައިން، ކައުންސިލުތަކުގެ އަސްލު މަޤްޞަދަކީ ސަރުކާރާ ގުޅިގެން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމެވެ. މި މައުލޫގައި އެމަނިކުފާނު ބުރާސްފަތި ދުވަހުގެ ރޭ ދެއްކެވީ ވަރަށް އަގުހުރި ވާހަކަފުޅެކެވެ. މި ވާހަކަފުޅުގެ މައިގަނޑު ނުކުތާތަކަށް ނަޒަރުކުރާއިރު،

ކައުންސިލުތަކުގެ ދައުރާއި ވެރިކަން ހިންގުމުގެ ބާރު

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ އޮތުމުގެ ތެރެއިން، ކައުންސިލުތަކަކީ ޤާނޫނު ހަދާ ބާރެއް ނުވަތަ ޢަދުލު އިންޞާފު ޤާއިމުކުރާ ބާރެއް ނޫނެވެ. އެއީ ސަރުކާރުގެ ސިޔާސަތުތައް ރަށްރަށުގެ ފެންވަރުގައި ތަންފީޒުކޮށް، މުނިސިޕަލް ޚިދުމަތްތައް ދިނުމަށް އޮންނަ ވެރިކަން ހިންގުމުގެ ބާރުގެ ގޮތްޕެކެވެ. އެހެންކަމުން، ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސިޔާސީ ހުރަސްތައް ކުރިމަތިކުރުވަން އޮންނަ މުއައްސަސާއެއް ކަމަށް ދެކުމަކީ ނިޒާމުގެ އަސްލު މަޤްޞަދާ ޚިލާފު ކަމެކެވެ.

ތަރައްޤީގެ މަޝްރޫޢުތަކާއި ކައުންސިލުތަކުގެ އެއްބާރުލުން

ސަރުކާރުން ރާއްވަވާ ތަރައްޤީގެ މަޝްރޫޢުތަކާއި، ބަޖެޓުކުރެވިފައިވާ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދެވޭނީ ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާ ދެކޮޅުވެރި ސިޔާސީ ފިކުރެއްގައި ކައުންސިލްތައް ހަރަކާތްތެރިވާނަމަ، އޭގެ ނޭދެވޭ އަސަރު ކުރަނީ ސީދާ ރައްޔިތުންނަށެވެ. މިފަދަ ހާލަތްތަކުގައި ތަރައްޤީގެ މަސައްކަތްތަކަށް ބުރެކިޖެހި، ރަށުގެ ކުރިއެރުން މަޑުޖެހިގެންދެއެވެ.

ސިޔާސީ ފިކުރަށްވުރެ ތަރައްޤީ އިސްކުރުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާނެ މަންދޫބުން ހޮވުމެވެ. އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ސަރުކާރުގެ ތަރައްޤީގެ ދުވެއްޔަށް ހުރަސްއަޅާނެ ބަޔަކު އިންތިޚާބުކުރުމަކީ ރަށުގެ ކުރިމަގަށް އޮތް ބިރެކެވެ. ސަރުކާރުގެ އަމާޒަކީ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ފަޅީގައި ތިބެގެން ޚިދުމަތް ކުރުމެވެ.

ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް

ޖުމްލަ ގޮތެއްގައި ބަލާއިރު، ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައަކަށް ވީހިނދު، އެތަންތަނުގެ އެންމެ އިސް ވާޖިބަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކާމިޔާބުވުމުގެ އަސްލެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 11 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަހަރު ވެސް އޮންނާނެޚަބަރު | 2 ދުވަސް ކުރިންދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް މިހާރުވަގުތު ލިބޭނެޚަބަރު | 2 ދުވަސް ކުރިން