logo
MPL

MPL

ޚަބަރު

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ޢަބްދުލްމުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 12:27
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުން ހިތާމައާއެކު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އެޗްޑީސީގައި ވަޒީފާ އަދާކުރަމުންދިޔަ އަދި ތެލަސީމިއާ ބަލީގެ ޒުވާނެއްކަމަށްވާ މުޢިއްޒު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރްޙޫމަކީ ތެލަސީމިއާ ސޮސައިޓީގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

 

View post on Twitter

 

މީގެއިތުރުން، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލަހައްޓަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

ނިޔާވި ޢަބްދުލްމުޢިއްޒަކީ ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ހައްގުތަކާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންޚަބަރު | 10 ގަޑިއިރު ކުރިންރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށަށް، 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދައިފިޚަބަރު | 18 ގަޑިއިރު ކުރިންކޮންމެ ރަށެއްގައި ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރަނީޚަބަރު | 2 ދުވަސް ކުރިން