logo
MPL

MPL

ޚަބަރު

އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށް ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 13:02
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ކުރިން ނިންމެވި މިހާރުގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު، އޭނާގެ ނިންމުން ބަދަލުކޮށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ޢަރީޝްއަށް ތާއީދުކުރަން ނިންމައިފިއެވެ.

އިބްރާހިމް އަބޫބަކުރު މިކަން ހާމަކުރެއްވީ ކޮންގްރެސް ޕާޓީން މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި، މިހާރު ހުންނެވީ ޕާޓީގެ ރަސްމީ ކެންޑިޑޭޓާއެކު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިބްރާހިމް އަބޫބަކުރަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އިބްރާހިމާއި އަރީޝްއަކީ ވެސް އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރުން ފެށިގެން ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ކައުންސިލަރުންނެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަކީ މިހާރު މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެއެވެ.

މިހާރުގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރުގެ މި ނިންމުމާއެކު، އެ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަށް އޮތް ތާއީދު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 21 ދުވަސް ކުރިންއެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | މަހެއް ކުރިންޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | މަހެއް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިން