logo
MPL

MPL

ޚަބަރު

ކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމް

އަޙުމަދު ރަމީޒު
21 ސެޕްޓެމްބަރު 2026 - 04:09
ޕީއެންސީގެ ކޮންގްރެސް އިންތިޒާމު ކުރުމުގައި ބައިވެރިވި ބޭފުޅުންނަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކޮންގްރެސް އިންތިޒާމު ކުރުމުގައި ބައިވެރިވި ބޭފުޅުންނަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދެވޭނެ ކަމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ޝުކުރުއަދާކުރެއްވުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ރޭ ބެއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ މެންބަރުންގެ ފަރާތުން ފެނުނީ ޖޯޝާއި ފޯރިއާއެކު އަދި ބަދަހިކަމާއެކު މަސައްކަތް ކުރެއްވި މަންޒަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތަށް ހުރިހާ މެންބަރުން މަސައްކަތްކޮށްފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"މަތީ މަޖިލިސް ނިމިގެން ދިޔައިރު މިއޮތީ އަޅުގަނޑުމެންގެ 2028ގެ ކެމްޕެއިން ޓީމު ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ކޮންގްރެސްއަކީ ނިމިގެން ދިޔަ ޕީއެންސީގެ ކޮންގްރެސް ކަމަށެވެ. ޕީއެންސީ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާތީ ޕީއެންސީގެ ކޮންގްރެސްއަށް ގޮންޖަހާލެވޭ ވަރުގެ ކޮންގްރެސްއެއް ނުބޭއްވޭނެ ކަމަށެވެ.

އަބްދުއްރަހީމުގެ ވާހަކަފުޅުގައި ވަނީ ޕާޓީގެ ކޮންގްރެސްގައި ލިބުނު މައުލޫމާތުގެ ބޭނުން ހިފައިގެން، އެންމެ ވަގުތެއްވެސް ބޭކާރު ކުރުމަކާއި ނުލައި ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ހުރިހާ މެންބަރުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

"ބިނާކުރަނިވި ފިިކުރު މިއަދު އޮތީ ބަޔަކު އަދި ހިތްހަމަޖެހުނަސް ނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެެ.

ޕީއެންސީގެ ކޮންގްރެސްގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އަރުވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 5 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 10 ދުވަސް ކުރިންއަބްދުއްރަހީމް، ޔާމީނަށް: ހަމަހޭވެރިކަން ގެއްލިދިޔައީތޯ؟ޚަބަރު | 25 ދުވަސް ކުރިން