އަބްދުއްރަހީމް، ޔާމީނަށް: ހަމަހޭވެރިކަން ގެއްލިދިޔައީތޯ؟
11 އޮކްޓޯބަރު 2026 - 13:41

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމް.ޑީ.ޕީ އިސްވެ އޭރު ކުރި މަސައްކަތާ ، ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީނު އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރަމުން އެ ގެންދާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ،ކުރީގެ ރައީސް ޔާމީން ޔާމީން "އެކްސް" ގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުނެނވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ޔާމީންގެ ޕޯސްޓުގައި ވަނީ ،އީގަލް ހިލްސް އިން ކުރިއަށް ގެންދަން އުޅޭ މަޝްރޫއު ހުއްޓާލުމަށް ގޮވާލައްވާފައެވެ.އަދި އީގަލް ހިލްސްއަކީ ކޮރަޕްޓު އަދި ފަސާދަ ފަތުރަން އުޅޭ ކުންފުންޏެއް ކަމަށާއި އެމީހުން އުޅެނީ ޔަހޫދީން ވަޒަންވެރިކުރަން ކަމަށް ވެސް އެމަނިކުފާނު ސިފަ ކުރައްވާފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ މަޖިލީހުގެ ރައީސް އަބްދުރަހީމް ވިދާޅުވީ،ރައީސް ޔާމީން މީގެ ކުރިން ދެއްކެވި ވާހަކަޔާ މިއަދު އެ ދައްކަވާ ވާހަކަޔާ ދިމާވަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދާފައެވެ.އަދި އޭރު ޔާމީން ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީކަމަށް ކަން އަބްުއްރަހީމް ފާހަގަ ކުރިއެވެ.
" މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއްކަމަށާއި،އަދި ގައުމާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅާ ނުބައި ވަކިކުރަން ދަންނަ ބައެއްކަމަށެވެ.
އަދި މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެކަމަށާއި، އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީންކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، މުސްތަގްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެކަމަށާއި
ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި،ރައްކާތެރިކަން އަދި ތަރައްގީ ކަމަށާއި، ޝިޢާރަކީ އެންމެ ފުރަތަމަ ޤައުމު ކަމަށް ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
