logo
MPL

MPL

ޚަބަރު

މިއަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ޖަގަހައެއް ހުންނާނެ: އަބްދުއްރަހީމް

އަޙުމަދު ރިޝާން
10 ސެޕްޓެމްބަރު 2026 - 05:59
މިއަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ޖަގަހައެއް ހުންނާނެ: އަބްދުއްރަހީމް

 މިއަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ޖަގަހައެއް ހުންނާނެ ކަމަށް ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު ވެސް ޕާޓީގެ ޖަގަހަ ހިންގުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ހުރިހާ ރަށެގައި ވެސް ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ. އަދި އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ހިންގުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާދަޔާ ހިލާފު ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރަހީމް ވިދާޅުވީ ރަސްމީ ދަތުރުފުޅުތަކުގައި ރައީސް ރަށްރަށަށް ވަޑައިގަންނަވައިގެން ރަސްމީބައި ނިންމަވާލެއްވުމަށް ފަހު ވަގުތު ހޯއްދަވައިން ރަށްރަށުގައި ތިބޭ ޕާޓީ މެމްބަރުންނާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖެއްގެ ގޮތުން ޕާޓީއަށް ޝައުގުވެރިކަން އުފެދި ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީ ބޮޑުވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަބްދުއްރަހީމް، ޔާމީނަށް: ހަމަހޭވެރިކަން ގެއްލިދިޔައީތޯ؟ޚަބަރު | 4 ދުވަސް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | 24 ދުވަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިންމިއަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ޖަގަހައެއް ހުންނާނެ: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިން