logo
MPL

MPL

ޚަބަރު

ޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސް

ޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސް

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއެކުގައި ކަމަށާއި ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖލިސް ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުފަދަ ޤައުމާއި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށާއި ދިވެހިރައްޔިތުންނާއި ޤައުމަށްޓަކައި ކަމެއްކޮށްދޭނެ ބަޔަކީ ހަމައެކަނި ކޮންގްެރެސް ޕާޓީ ކަމަށެވެ.

މިކަން ރައީސް މުޢިއްޒުގެ ޒަޢާމަތުން ސާފުކޮށް ފެންނަމުންދާ ކަމަށާއި ޕާޓީ އޮތީ ބަދަހިކޮށް ކަމަށާއި ބަޔަކު ނިކުމެ އެ ޕާޓީ ބައިބައިކޮށް ފިތުނަކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވާދަވެރިން ތިބީ ރިޔާސީ ކެންޑިޑޭޓަކު ކަނޑަނޭޅި ބޮޑު ކޯޅެއްގެ ތެރޭގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ކޮންގްރެސް ޕާޓީގައި އެ ކޯޅުމެއް ނެތް ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒުކަން ފާޙަގަކުރައްވާ ވަނީ އެއީ ޕާޓީގައި ކުޑަވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަަބްދުއްްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި ރައީސް އަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 75 ގޮނޑި ކޮންގްރެސް ޕާޓީއަށް ރައްޔިތުން ތިބީ ރައީސާއި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | 7 ގަޑިއިރު ކުރިންއިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 13 ގަޑިއިރު ކުރިންމޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | 19 ގަޑިއިރު ކުރިންރާއްޖެއަކީ ކުޑަ ގައުމަކަށް ވީނަމަވެސް، އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް: ރައީސްޚަބަރު | ދުވަހެއް ކުރިން