މޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީ
23 އޮކްޓޯބަރު 2026 - 04:06

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިސްލާމްއާބާދުގައި ކުރިއަށްދިޔަ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ވިޔަފާރިއާ އެހެނިހެން ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިކަމަށް ތާއީދުކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެ ގައުމު ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމުގެ މަސައްކަތް އަވަސްކުރުމަށް އިރުޝާދުދެއްވާފައިވާ ކަމަށާއި، ޕާކިސްތާނުގެ އެއާލައިންތައް މެދުވެރިކޮށްވެސް މިކަމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
ވައިގެ މަގުގެ އިތުރުން، ކަނޑުމަގުން ވިޔަފާރީގެ މުއާމަލާތްތައް ހަލުވިކުރުމަށް ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

-01.jpg&w=3840&q=75)
