ޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި
21 އޮކްޓޯބަރު 2026 - 19:09
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ އިދާރާއިން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ހައިކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ. އަދި ހައިކޮމިޝަނަށް ވަޑައިގަންނަވާ ޢިއްޒަތްތެރި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ވަޒީރުންނާއި އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރުގެ ދިގު މުއްދަތަށްފަހު، ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ތާރީޚީ ދަތުރުފުޅު ކުރިއަށް މިދަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބަތާ ދިމާކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައެވެ.

-01.jpg&w=3840&q=75)
