logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

އިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

އައިޝަތު އިނާޝާ
21 އޮކްޓޯބަރު 2026 - 14:02
އިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައި.އައި.ޔޫ.އައި) އިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ.

މިޝަރަފު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، އިސްނެންގެވުމާއި، މުއައްސަސާތައް ތަރައްޤީކުރުމާއި ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮނަރަރީ ޑޮކްޓަރޭޓް އެމަނިކުފާނަށް އެރުވީ ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހެބާޒް ޝަރީފެވެ. މި ރަސްމިއްޔާތުގައި އައި.އައި.ޔޫ.އައިގެ ރެކްޓަރ ޕްރޮފެސަރ ޑޮކްޓަރ އަޙްމަދު ސާދު އަލް އަޙްމަދާއި ޕާކިސްތާނު ސަރުކާރުގެ އިސްވެރިންނާއި އަދި ދިވެހި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޝަރަފު ޤަބޫލުފުޅުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ޝަރަފު އެމަނިކުފާނަށް އެރުވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ޝަރަފު ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމުގައި ވީނަމަވެސް، އެމަނިކުފާނު މިޝަރަފު ޚާއްޞަކުރައްވާނީ ދިވެހި ރައްޔިތުންނަށް ކަމުގައެވެ. އަދި މިއެރުވުނު ޝަރަފަކީ ޕާކިސްތާނުން ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށާއި، އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އަޚުވަންތަ ގުޅުމަށް އަދާކުރި އިޙްތިރާމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އަކީ، މުހިންމު ފަލްސަފާއެއް ތަމްސީލުކޮށްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެ ފަލްސަފާއަކީ، އީމާނާ ޢިލްމަކީ އެކުގައި ކުރިއަރައި ދާންޖެހޭނެ ދެކަންތައް ކަމަށާއި، ފިކުރީ ހޯދުންތަކުގެ އެންމެ ފަހުގެ ބޭނުމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުން ކަމުގައެވެ.

ދިވެހިރާއްޖެއިން ޙިއްސާކުރާ އަގުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ޤަދަރާއި ޢިއްޒަތަކީ ޖޯގްރަފީ ގޮތުން ޤައުމެއްގެ ބޮޑުމިނާ އަޅާކިޔޭނެ އެއްޗެއް ނޫން ކަމަށާއި، އަދި ޝަރަފުވެރިކަމަކީ އިޤްތިޞާދީ ނުވަތަ ޢަސްކަރީ ބާރުން ކަނޑައެޅޭ އެއްޗެއް ނޫން ކަމަށް، ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމުގައެވެ. އަދި ކޮންމެ ޤައުމަކީވެސް، އެހެން ޤައުމުތަކުގެ އިޙްތިރާމް ޙައްޤުވާ ޤައުމެއް ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ކަރާމާތްތެރިކަން ލިބިގެންވާ ބައެއް ކަމަށާއި، އަދި ކޮންމެ ޖީލަކަށްވެސް އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ވާރުތަވުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު މި ޑޮކްޓަރޭޓް ޤަބޫލުފުޅު ކުރައްވަނީ އިޙްތިރާމާއި ޝުކުރުވެރިކަމާއެކުގައި ކަމަށެވެ. އަދި ޙިކްމަތްތެރިކަމާއެކު ޤައުމު ހިންގެވުމަށާއި، މަޑުމައިތިރިކަމާއެކު ޚިދުމަތްކުރެއްވުމަށާއި، ޢަދުލުއިންސާފު ޤާއިމުކުރުމުގައި ޒިންމާދާރުވެ ވަޑައިގަންނެވުން މަތީ ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތު ނިންމަވާލެއްވުމުގެ ގޮތުން މި ޚާއްޞަ މުނާސަބަތުގައި ރަސްމީ ފޮޓޯފުޅެއް ނަންގަވާފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި ޚަބަރު | ގަޑިއިރެއް ކުރިންކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | ދުވަހެއް ކުރިން