logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރު

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2026 - 12:45
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރު

ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ހުރީ އެންމެ 13.9 މިލިއަން ޑޮލަރު ގައެވެ. ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، ދެ ޤައުމަކީ އެކުގައި މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމު ކަމަށް ވިޔަސް، އިޤްތިސާދީ ގުޅުމުން އެކަން އެންމެ ފުރިހަމައަށް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އިޤްތިސާދީ ދާއިރާގެ އިތުރުން ދިފާއީ، ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ. އަދި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 އެމްއޯޔޫ އަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ފަޚުރެއް ކަމަށް ފާހަގަކުރައްވަމުން، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ޝެހެބާޒް ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރިގެންދާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުވަތްތެރި ގުޅުން އިތުރަށް ހަރުދަނާވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ދަނޑުވެރިކަމާއި، ސިއްޙީ، އުމްރާނީ އަދި އިސްތިރާޖީ ދާއިރާތަކުން ޒަމާނުއްސުރެ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުޚަބަރު | ގަޑިއިރެއް ކުރިންޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 21 ގަޑިއިރު ކުރިންރަސްމާލެއިން ބޭރު މީހުންނަށް ރައްޔިތުކަމެއް ނުލިބޭނެ، އެތާ އެހެން ދީންތަކަށް ފުރުސަތެއް ވެސް ނޯންނާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން