logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ޕާކިސްތާން- ރާއްޖެ: ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަނީ

އައިޝަތު އިނާޝާ
22 އޮކްޓޯބަރު 2026 - 06:15
ޕާކިސްތާން- ރާއްޖެ: ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް، ހިޒް އެކްސަލަންސީ އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވަވާފައެވެ.

ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރުދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލެއްވިއެވެ. އަދި، ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވެއެވެ. އަދި، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނޭކަމުގެ ޔަޤީންކަން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާން- ރާއްޖެ: ދެ ގައުމުގެ ތާރީޚީ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރަނީޚަބަރު | ގަޑިއިރެއް ކުރިންޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންކުޑަ ޤައުމަކަށް ވިޔަސް ޤަދަރާއި އިޙްތިރާމް ލިބެންޖެހޭނެ: ޝަރަފުވެރި ޑިގްރީއާއެކު ރައީސްގެ ވަރުގަދަ މެސެޖެއްޚަބަރު | 13 ގަޑިއިރު ކުރިންއިސްލާމްއާބާދު އިސްލާމިކް ޔުނިވަރސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި ޚަބަރު | 17 ގަޑިއިރު ކުރިން