logo
MPL

MPL

ޚަބަރު

ތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭ

އަޙުމަދު ރިޝާން
6 އޯގަސްޓު 2026 - 11:59
ތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭ

ތިން މަސްދުވަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު ދަރަނިވެރިނުވެ، ކުރިޔަށް ގެންދާތީ 2028 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގައުމު ދަރުވާނުލާއި ގައުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދަވާތީ އެމަނިކުފާނަށް ސެލިއުޓް ނަންގަވަންޖެހޭ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މުސާރަ އާއި އަސާސީ ހުރިހާ ކަމެއް މިވެރިކަމުގައި ބަރާބަރަށް ލިބެމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 އިދިކޮޅު ފަރާތްތަކަށް ނިސްބަތްކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ޒައާމަތުގައި ދިވެހިންގެ ރާއްޖެ އެއް ދިވެހިންނަށް ބިނާ ކޮށްދެއްވާނެ ކަމަށާއި އަނެއް ދިވެހި ރާއްޖެ އަށް ކުރަމުންދިޔަ ދަތުރު އަނބުރާލުމަށް ފަހު ބާރު ސްޕީޑެއްގައި ދިވެހިންގެ ރާއްޖެއަށް ދަތުރުކުރާތީ އެކަން ހަޖަމު ނުވެގެން ބަޔަކު އުޅޭ ކަމަށެވެ.

ކުރީ ސަރުކާރުތަކުން ނެގި ބޮޑެތި ދަރަނިތަކެއް ދައްކަވާ ގައުމު އަލުން އަނބުރާ ކޮޅަށް ޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އަބްދުއްރައްހީމް ވިދާޅުވި އެވެ. އަދި ހުއްޓުމެއްނެތި ތަރައްގީގެ މަޝްރުއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އަބްދުއްރަހީމް ސިފަކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަބްދުއްރަހީމް، ޔާމީނަށް: ހަމަހޭވެރިކަން ގެއްލިދިޔައީތޯ؟ޚަބަރު | 12 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 21 ދުވަސް ކުރިންޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | މަހެއް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | މަހެއް ކުރިން