logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ސެޕްޓެމްބަރު 2026 - 11:35
ޕާކިސްތާނަށް ފުރި ޕީއެންސީގެ ވަފްދު
ޕާކިސްތާނަށް ފުރި ޕީއެންސީގެ ވަފްދު

 

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އެމަނިކުފާނުގެ އަރިހުގައި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ މަޖިލިސް މެދުގައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެންމެ އުމުރުން ހަގު އަދި، ހަރަކާތްތެރިވި މުއްދަތަށް ބަލާއިރު އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ ޕާޓީއެވެ. ކިތަންމެ ހަގު ނަމަވެސް އެ ޕާޓީން ވަނީ މިދިޔަ ބޮޑު ތިން އިންތިޚާާބު ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | ގަޑިއިރެއް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | ދުވަހެއް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 3 ދުވަސް ކުރިންޕީއެންސީ ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، 2028 ނަގާނީ އެއްބުރުން: ފަލާހުޚަބަރު | 3 ދުވަސް ކުރިން