logo
MPL

MPL

ޚަބަރު

ޕީއެންސީ ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، 2028 ނަގާނީ އެއްބުރުން: ފަލާހު

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ސެޕްޓެމްބަރު 2026 - 07:03
ފަލާހް
ފަލާހް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީ އޮތީ ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިންގުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޕާޓީގެ ހުރިހާ ގުނަވަނެއްގައި ވެސް ތިއްބެވީ ގާބިލު، ހުނަރުވެރި އަދި ގައުމުދެކެ ލޯބިވާ މެންބަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު ވިދާޅުވީ، "އެތައް ހާސް މެންބަރުންނަކާއި ލީޑަރޝިޕް ހިމެނޭހެން އެންމެން އިއްތިފާގުވެފައި މިތިބީ 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ރައީސް، ރައީސް ޑރ. މުއިއްޒު ކަމަށް. އެންމެންގެ އިއްތިފާގުން މިކަން ފާސްވެފައިވާއިރު، އަޅުގަނޑުމެން އެންމެން ފުރިހަމައަށް މަސައްކަތްކޮށްފިނަމަ 2028 ގެ އިންތިހާބު އެއްބުރުން އިއްޒަތްތެރި ރައީސް ކާމިޔާބު ކުރައްވާނެ. ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނުގެ ޒައާމަތުގައި ގައުމު ހިންގަވަމުން ގެންދަވަނީ 2023 ގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަތީގައިކަން ރައްޔިތުން މިއަދު ގަބޫލުކުރޭ،" ކަމަށެވެ.

މީގެއިތުރުން، ގައުމަށް ގެއްލުމެއް ލިބިދާނެ އަދި ރައްޔިތަކަށް ބޭއިންސާފުން އަނިޔާއެއް ލިބިދާނެ އެއްވެސް ކަމެއްގައި ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ރައީސް ޑރ. މުއިއްޒު އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި 2028 ގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި، އެމަނިކުފާނަކީ ހަމައެކަނި ބަހުގެ އިތުރުން އަމަލީ ގޮތުން ވެސް ނަތީޖާ ދައްކަވާ ލީޑަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕީއެންސީގެ އެތެރޭގައި ބައިބައިވުން އުފައްދައި ޕާޓީ ރޫޅާލުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްތައް ދުވަހަކުވެސް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް ފަލާހު ވަނީ މި ރަސްމިއްޔާތުގައި ރައްދު ދެއްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 5 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 10 ދުވަސް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | މަހެއް ކުރިން