logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ކައުންސިލަރު ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!

މެންދުރު ޓީމް
24 ސެޕްޓެމްބަރު 2026 - 16:52
ޣާލިބް މައިކް އޮފް ކޮށްލަނީ
ޣާލިބް މައިކް އޮފް ކޮށްލަނީ

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާއްމު ޖަލްސާގައި ޕީއެންސީގެ ކައުންސިލަރު އިބްރާހިމް ސަމާހް ވާހަކަދައްކަވަނިކޮށް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ޣާލިބު އޭނާގެ މައިކް ކަނޑާލި މައްސަލައެއް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިއްޔެ ބޭއްވި މި ޖަލްސާގައި ސަމާހް ވާހަކަ ފެއްޓެވީ ރަސްމާލޭގެ މަޝްރޫޢާ ގުޅޭގޮތުންނެވެ. ސަމާހް މި ވާހަކަ ދައްކަވަން ފެއްޓެވީ އެމްޑީޕީ ސަރުކާރުން ހުޅުމާލެއިން ހިއްކި ބިންތައް މި ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކައަކީ އެންމެނަށް އެނގޭ ހަގީގަތެއް ކަމަށް ވިދާޅުވި ހިސާބުން، ކައުންސިލަރު ޣާލިބު ވަނީ ސިއްރުން ސަމާހްގެ މައިކް އޮފްކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައިކް ކަނޑާލުމުންވެސް އެކަން ނޭނގި ސަމާހް ވާހަކަ ކުރިއަށް ގެންދެވި ކަމަށާއި، އެކަން ސަމާހަށް އެނގުނީ ކޮންޓްރޯލް ރޫމުން އެންގުމުން ކަމަށް މައުލޫމާތު ލިބެއެވެ. ޖަލްސާގެ ވީޑިއޯއިން ޣާލިބު މައިކް އޮފްކުރާ މަންޒަރު ފެންނަން އޮތް ނަމަވެސް، މޭޔަރު އާޒިމް އަދި ކައުންސިލަރު އިރާޝާ ވިދާޅުވީ މައިކް އޮފް ނުކުރާ ކަމަށާއި އެއީ މެންބަރުން އަމިއްލައަށް ކުރާ ކަމެއް ކަމަށެވެ. އަދި ފަހުން އެކަމާ މެދު ސުވާލު ކުރުމުން ޣާލިބު ވަނީ ސަމާހް އަމިއްލައަށް މައިކް ކަނޑާލި ކަމަށް ދޭހަވާ ފަދަ މޭރުމަކުން އަމަލުތައް ބަހައްޓަވާފައެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރަސްމީ ބައްދަލުވުންތަކުގައި އިދިކޮޅު މެމްބަރުން ފާޅުކުރާ ޚިޔާލުތައް އަޑުއެހުމުގެ ޤާބިލުކަން ހުންނަން ޖެހޭނެ ކަމަށާއި، މިއީ ޑިމޮކްރެޓިކް ވެއްޓެއްގައި ހުންނަން ޖެހޭ އަސާސީ ސިފައެކެވެ. އަދި މިފަދަ އަޚްލާޤީ މައްސަލަތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

އެމްޑީޕީ ސަރުކާރުން ނުހިއްކާ އޮތް ފަޅުތަކުން ގޯތި ދޫކޮށްފައިވާ ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަދި ޑރ. މުއްޠަލިބުވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، މި ސަރުކާރުން މިހާރު ދަނީ އެ ސަރަހައްދުތައް ހިއްކައި، ގޯތިތަކުގެ ޙައްޤުވެރިންނަށް ބިންތައް ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | ގަޑިއިރެއް ކުރިންޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެޚަބަރު | 19 ދުވަސް ކުރިން"ވަރަށް މަސައްކަތް ކުރެވިއްޖެ! ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނުނިކުތް!" - ފައްޔާޒުޚަބަރު | 19 ދުވަސް ކުރިންޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ ނާމިޔާބީ، މިހާރު ފާޑުކިޔަނީ މާޒީގެ ހަގީގަތް ފޮރުވަން؟ރިޕޯޓް | 20 ދުވަސް ކުރިން