ގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ނަޝީދުގެ މުށުތެރެއަށް އެމްޑީޕީ
8 ނޮވެމްބަރު 2026 - 04:12

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައިވާތީ ސޯޝަލްމީޑިއާއިން މިދުވަސްވަރު މުޅިންހެން ފެންނަނީ އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ދާއިރާއެއްގެ ރައީސް ކަމަށް ނޫނީ މެންބަރުކަމަށް ކުރިމަތިލައިގެން ކެމްޕޭން ކުރާ މަންޒަރެވެ. އެކަމަކު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކެނެރީގެ މުހައްމަދު ނަޝީދު ހުރެގެން ބާއްވާ އިންތިހާބެއް މިނިވަންވެފައި އިންސާފުވެފަރި ވާނެތޯ މިހާރުވެސް ބައެއް މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެމްޕޭންގެ ތެރެއިން ފެންނަ އެންމެ ބޮޑު ޖޯކަކީ، އެ ޕާޓީއަކީ ދުނިޔޭގައިވެސް ނެތް ވަރުގެ ކޮރަޕްޓް ޕާޓީއެއް ކަމަށް ގޮވައި، އެމްޑީޕީ ދޫކޮށްދިޔަ ބަޔަކަށް ކުއްލިއަކަށް އެމްޑީޕީ ރަނގަޅުވެ، އެޕާޓީގެ މަތިފަނޑިން ފުރުސަތު ބޭނުންވެގެން އުޅޭ އުޅުމެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ބުނި ބައިގަނޑު އެނބުރި އެމްޑީޕީއަށް އައިސް، އެ ޕާޓީގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު ތިބި މީހުންގެ މައްޗަށް ބަސް ކިޔައި އެމީހުންނަށް ކުޑައިމީސްކުރާތަނެވެ.
.png&w=750&q=75)
Ad by Hajj Corporation
ގައުމީ މަޖިލީހަށް ހޮވެން ބޭނުންވެގެން އެންމެ ބޮޑަށް ކެމްޕޭން ކުރާތީ ފެންނަނީ ނަޝީދަށް ސަނާ ކިޔާ މީހުންނާއި އޭނާ ބުނިހާ ގޮތަކަށް ނަށާ އުޅޭ މީހުންނެވެ. ހުރިހާވެސް ބޭނުމަކީ ނަޝީދުގެ އަތުން މީގެކުރިން ގެއްލުނު އެމްޑީޕީގެ ފުރިހަމަ ބާރުވެރިކަން އަލުން ހޯދައި، ނަޝީދު މޮޑޭ ފުއްގަނޑަކަށް އެމްޑީޕީ ހެދުމެވެ.
ނަޝީދު ބޭނުންވާ ގޮތަށް ގައުމީ މަޖިލީހުގެ އިންތިހާބު ގަޑުބަނޑުކޮށްލައި، އޭނާ ބޭނުންވާ ބަޔަކު މަގާމުތަކަށް ހޮވުމަށްޓަކައި ޖަހަމުންދާ ސަކަރާތްތަކާ ގުޅިގެން، އެމްޑީޕީގެ ވާދަވެރި ފެކްޝަންތަކުން މިހާރުވެސް ތިބީ ނުރުހިފަ އެވެ. ހޮވަން އުޅެނީ އެމްޑީޕީގެ ގައުމީ މަޖިލިސް ކަމަށްވީ ނަމަވެސް، ހޮވާ ނިމޭއިރު އެ މަޖިލިސް ވާނީ ނަޝީދުގެ ވަށައިގެން އެނބުރޭ ސިޔާސީ ވަހްތާނަކަށެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހިންގާ ޕާޓީއަކަށް ހެދުމަށް، އެޕާޓީއަށް ހެޔޮއެދޭ ބަޔަކު ބޭނުންވި ނަމަވެސް އެކަމަށް އަބަދުވެސް ހުރަސް އަޅާ މީހަކީ ކެނެރީގެ ނަޝީދު އެވެ. ނަޝީދުގެ އަމަލުތައް ހުންނަ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީ ދެކެ ލޯބިވާ އެތައް ބަޔަކު މަޑުމަޑުން އެ ޕާޓީއާ ފެއަށް ޖެހިލާފައިވާތީ ނަޝީދު ގެންދަނީ މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނެގެން ހުރި ހުރިހާ ގޮތަކަށް ނަގަމުންނެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ ސިޔާސީ ފައިދާ ނެގުމަށް ނަޝީދަށް މިވަގުތު ހުޅުވިފައިވާ ވަރަށް ބޮޑު ފުރުސަތެކެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ބާރުގަދަ އެއް ގުނަން ކަމަށްވާއިރު ،ގައުމީ މަޖިލީހުގެ ބާރުވެރިކަން ހޯދާ މީހަކަށް މުޅި އެމްޑީޕީ މުށުތެރެއަށް ލުމުގެ ފުރުސަތު ފަހިވާނެ އެވެ. އެހެންވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރުވެރިކަން ހޯދުމަށް މިވަގުތު ފޫގަޅައިގެން ތިބި ދެ މީހުންނަކީ ނަޝީދާއި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ދަހިވެތިވެގެން އުޅޭ ބޯގަންވިލާ ފައްޔާޒު އިސްމާއީލް އެވެ. މި ދެ މީހުންގެ ވާދަވެރިކަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނިމޭއިރު މުޅި އެމްޑީޕީ ނަޝީދުގެ މުށުތެރެއަށް ގެންގޮސް، އެ ޕާޓީއަކީ ނަޝީދުގެ ތުންފުއްސަކަށްވެ ނިމޭނެ ކަމަށް ޔަގީންކުރެވެ އެވެ.

-01.jpg&w=3840&q=75)
