logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

އިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދު

މެންދުރު ޓީމް
1 ނޮވެމްބަރު 2026 - 10:41
ނަޝީދާއި އިމްރާން، ފޮޓޯ: ރާއްޖެ އެމްވީ
ނަޝީދާއި އިމްރާން، ފޮޓޯ: ރާއްޖެ އެމްވީ

 

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު، އެ ޕާޓީން ފަހަކަށް އައިސް ހިފާފައިވާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރު މުއްދަތެއްގެ ސިޔާސީ ފައިދާއަށްޓަކައި ޕާޓީގެ އަސާސްތައް ދޫކޮށް "ޓަކާ ޓަކާ" މިސްރާބަށް ވަޑައިނުގަތުމަށް ގޮވާލައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ އިންސާނީ ޙައްޤުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަން ހޯދުމަށް ކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީ ސިފަވަމުންދަނީ ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނަޅާފައިވާ ވަތަނީ ޤައުމިއްޔަތެއް ކުރިއަރުވާ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި ކަމަށާއި، މިއީ އެ ޕާޓީގެ ފުރަތަމަކޮޅުގެ މެންބަރުންނާއި ސަޕޯޓަރުން ތަސައްވުރު ކުރި ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

އިންތިޚާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި ބިރުވެރިކަމާއި ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ކައްކުވައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ޤަބޫލުކުރާ ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މި ސްޓްރެޓެޖީގެ ސަބަބުން އެމްޑީޕީގެ ތާރީޚީ ހަމަތަކަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި ކުރު މުއްދަތުގެ ފައިދާއަށް އަސާސްތައް ދޫކޮށްލުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކާ ޒަޔަނިޒަމްއާ ގުޅުވައިގެން އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމެއް ނޫން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. މިފަދަ ބަސްމަގުގެ ސަބަބުން އާންމު ބަހުސްތައް ހީނަރުވެ، ޤައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި، "ޓަކާ، ޓަކާ" މަގު ކަމަށް އެމްޑީޕީން ކުރިން ބުނަމުން އައި މަގަށް އެނބުރިއްޖެނަމަ، ޕާޓީގެ އަސްލު ޙަޤީޤަތާއި ގޮތާއި ފޮތް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއް އެމްޑީޕީން ޚިޔާރު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވެއެވެ.

''ޓަކާ ޓަކާ'' އަކީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން ޢަބުދުﷲ ސިޔާސީ ގޮތުން ގެންގުޅެމުން އަންނަ ބަސްމަގެއްކަމަށް އެމްޑީޕީން އަބަދުވެސް ބުނެއެވެ. އިމްރާނަކީ މިދިޔަ އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ޖަރީމާތަކުގެ ބައިވެރިއެކެވެ. އަދި އޭނާ މިހާރު ވެސް މަސައްކަތްކުރަށްވަނީ އެމްޑީޕީގެ ކޭކްފޮތިން އެތިކޮޅެއް ލިބޭތޯކަމަށް އެޕާޓީގައި އޭނާ އާދި ދެކޮޅު މީހުން ދަނީ ވާހަކަދައްކަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދުޚަބަރު | ގަޑިއިރެއް ކުރިންބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވިސްނުންތައް އެމްޑީޕީން ބަލައިގަންނާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަވައިފިޚަބަރު | 4 ގަޑިއިރު ކުރިންއިމްރާން: ގައުމު ބައިބައިކުރުމާއި ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިރިޕޯޓް | 7 ގަޑިއިރު ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިން