logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި

މެންދުރު ޓީމް
1 ނޮވެމްބަރު 2026 - 10:10
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ، ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ “Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives)” މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީއާއި، މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ޢައްޔަނުކުރައްވާފައިވަނީ
1. އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ)
2. އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
3. ޑރ. އާމިނަތު ޝާފިޔާ އާދަމް
4. ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
6. އަލްފާޟިލް އަޙްމަދު ޢަލީމަނިކު
7. އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އެވެ.

މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛް އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ.

މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ކަނޑު ގެއްލުވާލި މައްސަލަ: އިހުމާލު ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފިޚަބަރު | ގަޑިއިރެއް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރުޚަބަރު | 9 ގަޑިއިރު ކުރިންރަސްމާލެއަކީ އެތައް މައްސަލައެއްގެ ހައްލު, ދިވެހިންގެ މުސްތަގުބަލްރިޕޯޓް | 20 ގަޑިއިރު ކުރިން