logo
MPL

MPL

ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރު

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ނޮވެމްބަރު 2026 - 02:47
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކުރުމާ ގުޅިގެން، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަނެ ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.) ތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ދެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އެގޮތުން، މި އިންތިޚާބު ކާމިޔާބުކުރެއްވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް އެމަނިކުފާނު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ބާރުދެއްވި ކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި އިންތިޚާބު ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގައި ޕާޓީގެ ލީޑަރޝިޕާއި، މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުން އަދި އެންމެހާ ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި އެ ފަރާތްތަކަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރުޚަބަރު | 2 ގަޑިއިރު ކުރިންރަސްމާލެއަކީ އެތައް މައްސަލައެއްގެ ހައްލު, ދިވެހިންގެ މުސްތަގުބަލްރިޕޯޓް | 13 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ މަޝްރޫއުއެއް ފަށަނީޚަބަރު | 2 ދުވަސް ކުރިންއިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ޖާގައެއް ނުދޭނަން: ރައީސްޚަބަރު | 3 ދުވަސް ކުރިން