ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ މަޝްރޫއުއެއް ފަށަނީ
30 އޮކްޓޯބަރު 2026 - 14:11

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ މަޝްރޫއުއެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އަޑު ސިލްސިލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ސިއްހީ ދާއިރާތައް ފަދަ ދާއިރާތަކަށް އަމާޒުކޮށް އަންނަ އަހަރު މި މަޝްރޫއު ފަށްޓަވާނެ ކަމަށެވެ. އަދި މި މަޝްރޫއުއާ ގުޅިގެން މިހާރު ކުރަމުންދާ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދުމުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް، މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީންނަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.
ސަރުކާރުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަކީ އެމަނިކުފާނު ވަރަށް މުހިއްމު ކަމެއްދެއްވާ ސިޔާސަތެއް ކަމަށް ވެސް ރައީސް ފާހާގަ ކުރެއްވެވި އެވެ.

-01.jpg&w=3840&q=75)
