logo
MPL

MPL

ރިޕޯޓް

އިމްރާން: ބައިބައިކުރުމާއި ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައި

އަޙުމަދު ރަމީޒު
1 ނޮވެމްބަރު 2026 - 04:33
އިމްރާން އަބްދުﷲ
އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲއަކީ ނަމުގެ ކުރިއަށް "ޝައިޚް"ގެ ލަގަބު ބޭނުންކުރާ މީހެއް ކަމަށްވީ ނަމަވެސް އޭނާއަކީ ޝައިޚުންގެ އުޅުން ހުރި މީހެއް ނޫނެވެ. ދީނީ އިލްމުގެ ދާއިރާއިން އިމްރާން ތައުލީމު ހާސިލްކުރި ކަމަށް ބުނާއިރު ހައްސާސް މައްސަލަތަކުގައި ދީނުގައި އޮންނަ ރީތި ގޮތް ބޭނުންކުރާތީއެއް ނުފެނެއެވެ. ދުވަހަކު ދީނީ ދަރުސެއް ދިން ތަނެއްވެސް ނުފެނެއެވެ. އޭގެބަދަލުގައި އިމްރާންގެ ފުށުން އަބަދުވެސް ފެންނަނީ މައްސަލަތަކުގައި ފިތުނަ ފަސާދަ އުފައްދާ މީހެއްގެ ގޮތެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި އިމްރާން ހުރި ދުވަސްވަރު ޕާޓީގެ މަޝްވަރާ މަޖިލިސް ހިސޯރުކޮށްގެން ކަންކަން ނިންމާފައިވަނީ މުޅިންވެސް އިމްރާން ބޭނުންވާ ގޮތަށެވެ. އެކަމުގެ އެއް ހެއްކަކީ ކޮންމެ ރިޔާސީ އިންތިހާބަކަށް އިމްރާން ބޭނުންވާ ގޮތަށް އަދާލަތު ޕާޓީ ވިއްކަމުން ދިއުމެވެ. އަދާލަތު ޕާޓީގެ މެންބަރުން އެކި މަންސަތަކުގައި، އެޝަކުވާތައްކޮށް، އެ ކަންބޮޑުވުންތައް ފާޅުވެސްކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް އިމްރާން ހުރިއިރު ރާއްޖޭގައި ބޮޑުވެފައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް ހޯދައިދެވުނު އެއްވެސް ހައްލެއް ނެތެވެ. ގޭންގް މާރާމާރީތައް ހުއްޓުވައި ހަމަޖެހުން ގާއިމުކުރުމުގައި އޭނާ ވަނީ ބޮޑުތަނުން ފެއިލްވެފައެވެ. އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުން، އެ މަޝްރޫއާ ގުޅޭ އެއްވެސް މަސައްކަތެއް ނުކޮށް، ދައުލަތުން 3.6 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޫކޮށްފައިވެ އެވެ. އެކަންކޮށްފައިވަނީ ބޮޑެތި ޝައްކުތަކެއް އުފެދޭ ގޮތަށް ކަމަށްވާތީ ފުލުހުން މިހާރުވެސް ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. 

އިމްރާން އިސްވެ ހުރެގެން 2015 ވަނަ އަހަރުގެ މޭ ޑޭ ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑު އެއްވުމަކީ ފަހުގެ ތާރީޚެއްގައި މާލޭގެ ރައްކާތެރިކަމާއި އަމާންކަން އެންމެ ބޮޑަށް ގެއްލުވާލި ދުވަހެވެ. އިމްރާން އެންމެ ކުރީ ސަފުގައި ހުރެ ފެށި މި އެއްވުމުގެ ވަކި ހިސާބަކުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ވަނީ ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ ގައިގައި ޖައްސާ ބައެއް އޮފިސަރުން ޒަހަމްކޮށްލާފައެވެ. އަދި އެ ދުވަހުގެ އެއްވުމުގައި އިމްރާން ގެންގުޅުނު ގޭންގް ކުދިން ވަނީ ފުލުސް އޮފިސަރަކަށް ބޮޑެތި އަނިޔާތަކެއްދީ އެ އޮފިސަރުގެ ފުރާނައަށް ނުރައްކާވާ ވަރުކޮށްފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުން އެނގޭ ކަމަށް ބުނެ ޑރ. އަފްރާޝީމުގެ މަރުގެ ތުހުމަތުވެސް އިމްރާން އެންމެ ފުރަތަމަ އެޅުވީ އެމްޑީޕީގެ ބޮލުގައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމުގައި އަފްރާޝީމު އަވަހާރަކޮށްލުމުގައި ބައިވެރިވީ މުޅިން އެހެން ބައެއް ކަމަށް ފާހަގަކޮށް، އެބައެއްގެ ނަންތައްވެސް އިމްރާން ވަނީ ހާމަކޮށްފައެވެ. އަތްމައްޗަށް ކަރުދާސްތަކެއް ނަގައި އެއީ އަފްރާޝީމް އަވަހާރަކޮށްލި މީހުންނާ ގުޅޭ ހެކިތައް ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު އިއްތިފާގުން އޭގެފަހުން ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމާއެކު އަފްރާޝީމްގެ މަރާ ގުޅޭގޮތުން ކުރިން ދެއްކި ހުރިހާ ވާހަކައެއް އޮޅުވާލައި ބޮޑެތި ދޮގުތަކެއް ހަދާފައިވެ އެވެ.

ދިވެހިންގެ ތެރޭގައި މިހާ ބޮޑަށް ބައިބައިވުން އުފެއްދި މީހަކު ދިވެހިންނަށް ހެޔޮ އެދޭނެ ކަމަށް ދެކުމަކީ ބޮޑު ކުށްހީއެކެވެ. ދައުލަތުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހޯމް މިނިސްޓަރުކަން ލިބުމުން އެ މަގާމުގައިވެސް އޭނާ ވަނީ ބޮޑުތަނުން ފެއިލްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމްރާން: ގައުމު ބައިބައިކުރުމާއި ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިރިޕޯޓް | ގަޑިއިރެއް ކުރިން"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފިޚަބަރު | މަހެއް ކުރިންދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ވެސް ތާއީދުކޮށްފިޚަބަރު | 7 މަސް ކުރިންއަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް ޝިފާން ހޮވިއްޖެޚަބަރު | 9 މަސް ކުރިން