logo
MPL

MPL

ޚަބަރު

"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފި

އަޙުމަދު ރިޝާން
28 ސެޕްޓެމްބަރު 2026 - 04:44
"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފި

 

"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އަދާލަތު ޕާޓީން އިގްތިސޯދާއި ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ ބައްދަލުކުރައްވައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީން ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ފޮޓޯތަކަށް ބަލާއިރު، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން ހިމެނޭ ގޮތަށް އެ ޕާޓީގެ އިސް ލީޑާޝިޕުން ވަނީ ވަޒީރު ސައީދުއާ ބައްދަލުކުރައްވާފަ އެވެ. އަދި އެޕޯސްޓްގައިވާ ގޮތުން މި ޕްރޮގްރާމާ ގުޅޭ މުހިންމު ކަންކަން އެ ޕާޓީން ވަނީ ސާފުކޮށްފަ އެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

"މޯލްޑިވްސް ޕާލް ރެޒިޑެންސީ" އަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި "ރެޒިޑެންސީ-ބައި-އިންވެސްޓްމަންޓް" ޕްރޮގްރާމެކެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މެދުވެރިކޮށް ތައާރަފުކޮށްފައިވާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކަށް ފުޅާކުރުމާއި، ބޭރުގެ އިންވެސްޓަރުންނާއި ބޮޑެތި ވިޔަފާރިވެރިން ރާއްޖެއަށް ގެނައުމެވެ.

828345650_1401813798724561_4748482812995572664_n.jpg

 

މި ޕްރޮގްރާމްގެ ދަށުން ރިއަލް އެސްޓޭޓް، އާލާކުރަނިވި ހަކަތަ، އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑައަޅާފައިވާ ލިމިޓްތަކުގެ ތެރެއިން ޕްރީ-އެޕްރޫވްޑް ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމުން 5 އަހަރު ދުވަހުގެ އައުކުރާ ރެޒިޑެންސީ ޕާމިޓެއް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، މިއީ ހަމައެކަނި ވަޒަންވެރިވުމުގެ ހައްގު ލިބިދޭ ޕްރޮގްރާމެއް ކަމަށްވުމާއެކު، ދިވެހިރާއްޖޭގައި ދެވަނަ ޕާސްޕޯޓެއް ގެންގުޅުމަށް ހުއްދަނުވާތީ މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ރައްޔިތުކަމެއް ނުލިބޭނެއެވެ. އެހެންނަމަވެސް، މި ޕްރޮގްރާމްގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް އާއިލާއާ އެކު ތިބުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ޖޫރިމަނާކޮށްފިޚަބަރު | 14 ދުވަސް ކުރިންއިމްރާން: ގައުމު ބައިބައިކުރުމާއި ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިރިޕޯޓް | 21 ދުވަސް ކުރިންޕާކިން ދެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީޚަބަރު | މަހެއް ކުރިން"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފިޚަބަރު | 2 މަސް ކުރިން