logo
MPL

MPL

ޚަބަރު

ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ޖޫރިމަނާކޮށްފި

މެންދުރު ޓީމް
8 ނޮވެމްބަރު 2026 - 10:56
ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ ޢަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި ކޮމިޝަނުން ޢަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ. އެހެންނަމަވެސް، އެ ޕާޓީގެ އޮޑިޓް ރިޕޯޓު  އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ  ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށް ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ޖޫރިމަނާކޮށްފިޚަބަރު | 44 މިނިޓު ކުރިންއިމްރާން: ގައުމު ބައިބައިކުރުމާއި ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިރިޕޯޓް | 7 ދުވަސް ކުރިން"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފިޚަބަރު | މަހެއް ކުރިންޕީއެންއެފްއިން އިލެކްޝަންސް ކޮމިޝަނާމެދު ކުރާ ތުހުމަތުތަށް ދޮގުކޮށްފިޚަބަރު | 2 މަސް ކުރިން