logo
MPL

MPL

ޚަބަރު

ޕާކިން ދެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީ

އަޙުމަދު ރަމީޒު
14 އޮކްޓޯބަރު 2026 - 06:23
ސަރުކާރުން އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންއެއްގެ ޑިޒައިން
ސަރުކާރުން އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންއެއްގެ ޑިޒައިން

މާލޭގައި ތަރައްގީ ޕާކިން ދެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕާކިން މައްސަލަ ހައްލު ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ޕާކިން ހަތް އިމާރާތެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ހީނާމާގެ ޕާކިން އަދި ސޯސަންމަގު ޔުނިވާސިޓީއާ ޖެހިގެން އޮތް ބިމުގައިވެސް ޕާކިން ބިލްޑިންއެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހީނާމާގެ ޕާކިން ބިލްޑިން އެޅުމަށް ކޮންޓްރެކްޓަރާއެކު އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ސޯސަންމަގު ޔުނިވާސިޓީއާ ޖެހިގެން އޮތް ބިމުގައި ޕާކިން ބިލްޑިން އެޅުމުގެ އެންމެ ފަހުގެ މަރުހަލާތައް އިއްޔެ ނިމިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މި ދެ ބިލްޑިންގެވެސް ޓާގެޓަކީ އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން މިތަންތަން ނިންމުން،" ސައީދު ވިދާޅުވި އެވެ.

މާލޭގެ އިިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ޕާކިން އިމާރާތްތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި ގޮތުން އިމާރާތްކުރާ ޕާކިން އިމާރާތްތަކުގައި ހަތަރު ފުރޮޅުލީ 2،600 އުޅަނދު އަދި 1،000 ސައިކަލު ޕާކް ކުރެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިން ދެ ބިލްޑިންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީޚަބަރު | 2 ގަޑިއިރު ކުރިން"މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން އަދާލާތު ޕާޓީން ވަޒީރު ސައީދު އާ ބައްދަލު ކުރައްވައިފިޚަބަރު | 16 ދުވަސް ކުރިން"މި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"ޚަބަރު | 4 މަސް ކުރިންޕޭޕަލްއާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އައު ދިރުމެއް: އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިން