logo
Bank of Maldives

Bank of Maldives

ޚަބަރު

"މިި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"

އައިޝަތު ނަޝާ
19 ޖޫން 2026 - 09:52
"މި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"

 ޕީއެންސީ ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމީ ފިކުރު ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓަކަށް ރީޓުވީޓު ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދުގެ ޕޯސްޓުގައި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ފެނިގެންދިޔައީ އެއް މަންޒަރެއްކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ އެ ޕާޓީގެ ފިކުރު ނޫން އެހެން ކޮންމެ މީހަކު ވަޒީފާ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނެ އަމަލުން އެކަން ދައްކާފައިވާ ކަމަށެވެ.

 

View post on Twitter

 

ނަމަވެސް، މިހާރުގެ ޕީއެންސީ ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެމްޑީޕީއަށް އަށް ވެރިކަންލިބުނު 2 ފަހަރުވެސް ހަމަދެއްކީ އެއްވާހަކައެއްނޫންތޯ. ތިމަންނަމެންގެ ޕާޓީނޫން އެންމެންޖެހޭނީ ވަޒީފާދޫކޮށްދާށޭ. އަދި ޢަމަލުންވެސް އެކަންދެއްކިނޫންތޯ؟ މިހާރުވެދާނެ އެކަން ހަނދުމަފުޅުގައި ނެތީކަމަށް.ޕީއެންސީގެ ސަރުކާރުން މިޕާޓީއަށް ނިސްބަތްނުވާތީ ވަޒީފާއިން ވަކިކުރި އެއްވެސްފަރާތެއް ނުދެއްކުނުނޫންތޯ؟ ޕީއެންސީ އަބަދުވެސް އިސްކުރާނީ ޤައުމީފިކުރު" އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު

މި މައްސަލައިގައި މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލަށް އަމާޒުކޮށް ވިދާޅުވީ، ދާއިރާތަކުގެ ރައީސުންނަށް ކޯފާ އިސްކުރެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިކުރި މީހުންގެ ހާލަތަށް ބެއްލެވުމަށެވެ. އަދި މިއަދު އެމްޑީޕީން މުޒާހަރާއަށް ނިކުންނަން އުޅުނަސް، އެމީހުންގެ ކުރިމައްޗަށް ނިކުންނާނީ އެމްޑީޕީގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރި ޗިޓްތައް ހިފައިގެން ތިބި މުވައްޒަފުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މި ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ"ޚަބަރު | 2 ގަޑިއިރު ކުރިންޕޭޕަލްއާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އައު ދިރުމެއް: އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު މުދާ އެތެތެކުރި މިންވަރު 19% އިތުރުވިޔަފާރި | 2 މަސް ކުރިންރައީސްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސުކޫކު އަދާކޮށް، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުން: ވަޒީރު ސަޢީދުޚަބަރު | 2 މަސް ކުރިން