logo
MPL

MPL

ރިޕޯޓް

އެމްޑީޕީ ހަރުކަށި ފިކުރުގެ ޕާޓީއަކަށްވެ، ބޮޑު ނުރައްކަލަކަށް

އަޙުމަދު ރަމީޒު
2 ނޮވެމްބަރު 2026 - 05:06
އެމްޑީޕީ ހަރުކަށި ފިކުރުގެ ޕާޓީއަކަށްވެ، ބޮޑު ނުރައްކަލަކަށް

އެމްޑީޕީއަކީ ހުރިހާ ގޮތަކުންވެސް ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތެކެވެ. އެމްޑީޕީއަކީ ދިވެހި ގައުމަށް އިންތިހާއަށް ނުރައްކާ އޮތް ބޮޑު މުސީބާތެކެވެ. އިސްލާމް ދީނާއި ދިވެހިންގެ އެއްބައިވަންތަކަމަށް ހުރި ބޮޑު ދުޝްމަނެކެވެ. ދިވެހިންނަށް މި ހަގީގަތް މަޑުމަޑުން އެނގެމުން ދަނިކޮށް، ގަލޮޅު ކެނެރީގެ މުހައްމަދު ނަޝީދު ކުރިއަށް ނިކުންނަވާ، އެމްޑީޕީގެ ތެރޭގައި ހަރުކަށި ވަތަނީ ފިކުރު އިތުރުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމަކީ، އެމްޑީޕީގެ ނުރައްކާ ދިވެހި ގައުމަށް އޮތް މިންވަރު ޔަގީންކޮށްދިން ވަރުގަދަ ހެއްކެކެވެ.

ނަޝީދަކީ އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވާއިރު، އެފަދަ މީހަކު އެމްޑީޕީއަކީ ހަރުކަށި ފިކުރަށް ފުރޮޅެމުންދާ ޕާޓީއެއް ކަމަށް ބުނުމުން، އެއީ ވަކިން ސީރިއަސްކޮށް ނަގަންޖެހޭ ގައުމީ މައްސަލައެކެވެ. އެމްޑީޕީއާ މެދު ދިވެހިން އިތުރަށް ސަމާލުވެ، އެޕާޓީއާ ދުރަށްދިއުމާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު ގަބޫލުކުރާ ގޮތުގައި ބޭރުމީހުންނަށް ނަފުރަތުކުރުމާއި، ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ދަނީ ބަލައިގަންނަމުންނެވެ. އެފަދަ ވިސްނުންތަކަކީ އެމްޑީޕީގެ ފަލްސަފާއާ ހިލާފު ވިސްނުންތަކެއް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ހަގީގީ ސިފައަކީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމާއި، ދިވެހި ގައުމު ބައިބައިކުރުމެވެ. ހުދު ނަޝީދަކީވެސް ތަޅާކުދިން ހޯދައިގެން މީހުންގެ ގައިގައި ތެޅުމަށާއި، ދީނީ މިނިވަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެތައް ތަނެއްގައި ވާހަކަދެއްކި މީހެކެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ހުޅުވާލުމުގެ ސިޔާސަތަށް ތާއީދުކުރާ، ތަފާތުފިކުރުތަކުގެ މީހުންނާ އެކު އުޅެވޭ، މިނިވަން ހިޔާލުގެ މީހުން ހިމެނޭ ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުންނެވެ. މިނިވަން ހިޔާލާއި، ތަފާތުފިކުރުތައް ފަދަ ބަސްމަގަކީ، އެމްޑީޕީން ދިވެހިރާއްޖެއަށް އިސްލާމް ދީން ނޫން އެހެން ދީންތައް ތައާރަފްކުރުމަށްޓަކައި، އާންމު ރައްޔިތުންގެ ވިސްނުމާއި ފިކުރާ ކުޅެން ބޭނުންކުރާ ނުރައްކާތެރި ބަސްމަގެކެވެ.

ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެއަށް ތައާރަފްކުރުމަށް، އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް ވަނީ އަހާފަ އެވެ. އެއީ އިސްލާމް ދީނަށާއި ދިވެހިންނަށް ނަޝީދުގެ ސަރުކާރުންނާއި އެމްޑީޕީގެ ޚާއިނުން ކުރި ޖެއްސުމެއް، ފުރައްސަރާއެކެވެ. އެހެންކަމުން އެމްޑީޕީއާއި ނަޝީދަކީ ސަތޭކަ ޕަސަންޓް އިސްލާމީ ދިވެހި ބިމުގައި، އެހެން ދީންތައް ފަތުރައި މިތަނުގައި ފައްޅިތައް އަޅަން އިންތިހާއަށް ބޭނުންވާ ބައެއްކަން މިދަނީ ސާފުކޮށް އެނގި ހާމަވަމުންނެވެ. އެކަމަކު ނަޝީދާއި އެމްޑީޕީއަށް ބުނެ އަންގަން އޮތީ، އެއީ އިސްލާމް ދީނާއި ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހިން ދުވަހަކުވެސް ދޭނެ ފުރުސަތެއް ނޫންކަމެވެ.

ނަޝީދުގެ ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރަމުން ގެންދާ "ބިރަކާ ނުލައި މަޖާކުރުން" ޝިއާރަކީވެސް ދީނީ އަދި ގައުމީ އެއްބައިވަންތަކަމާ ދުރުކުރުމަށް އިންތިހާއަށް ޕްރޮމޯޓްކުރަމުންދާ ލާދީނީ ޝިއާރެކެވެ. ނަޝީދު ވިދާޅުވި ގޮތުގައި ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީގައި މީހުން ހަރުލައި ތިބުމަށް ކޮންމެހެންވެސް ޕްރޮމޯޓްކުރަންޖެހޭ ޝިއާރެކެވެ. އަހަރެމެން ދިވެހިންނަކީ، ވަކިން ހާއްސަކޮށް އިސްލާމުންނަކީ، އިންސާނުން ހެއްދެވި ކަލަކުވާ ކަމާއި އެފަރާތަކަށް ބިރުވެތިވާންޖެހޭ ކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ބައެކެވެ. ބިރަކާ ނުލައި މަޖާކުރުމަކީ ދީނީ އަގީދާއާއި ދުރުކުރާ، އަދި ބޭނުންހާ ގޮތަކަށް އުޅުމުގެ މިނިވަންކަން އޮތްކަން އަންގައިދިނުމަށްޓަކައި، ދިވެހިންގެ ވިސްނުމާ ކުޅެން ނަޝީދު ބޭނުންކުރާ ނުރައްކާތެރި ހަތިޔާރެކެވެ.

އެމްޑީޕީއަށް ތާއީދުކުރާ މީހުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެމްޑީޕީގެ ހަރުކަށި ފިކުރާއި ލާދީނީ ފިކުރުތަކުން ދުރުވާންޖެހޭކަމެވެ. އިސްލާމީ އަޚްވަންތަކަމާއި، ދިވެހިންގެ އަމިއްލަ ސަގާފަތާއި، ދިވެހިންގެ އަމިއްލަ ގޮތް ދެމެހެއްޓުމަށްޓަކައި، އެމްޑީޕީއަކީ ދިވެހިންނަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ހަރުކަށި ފިކުރުގެ ޕާޓީއަކަށްވެ، ބޮޑު ނުރައްކަލަކަށްރިޕޯޓް | ގަޑިއިރެއް ކުރިންބޮޑުބަދަލަކީ އޮޅުވާލުމެއް، ބޮޑު ފިތުނައެއްރިޕޯޓް | 6 ދުވަސް ކުރިންފައްޔާޒުގެ އައްޑޫ ކެމްޕޭން ވަދުވެ، މާޔޫސީ ހަރަކާތެއް!ރިޕޯޓް | 11 ދުވަސް ކުރިންނަޝީދު ސަރުކާރުން ރާއްޖޭގެ މައި ދޮރާށި ވިއްކާލުން، ދައުލަތަށް ދިން ބޮޑު ގެއްލުމެއްރިޕޯޓް | 15 ދުވަސް ކުރިން