ދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފް
3 ނޮވެމްބަރު 2026 - 15:13

އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކުރީގެ އެމްޑީޕީ ސަރުކާރުން ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުގެ ސަބަބުން މައިންބަފައިންނަށާއި ދަރިވަރުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މެންބަރު ލަތީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ ޒަމާނުއްސުރެ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ބައެކެވެ. ކުރިން ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހު ދިރާސީ އަހަރު ފެށޭއިރު އާ ޔުނިފޯމާއި، އާ ބޫޓާއި އެހެނިހެން ތަކެއްޗާއެކު ދަރިވަރުންނާއި ބެލެނިވެރިން ވަރަށް ބޮޑު ޖޯޝަކާއި ފޯރިއެއްގައި ތައްޔާރުވަމުން އައި ނަމަވެސް، އެމްޑީޕީ ސަރުކާރުން ކިޔެވުން ޖޫން ނުވަތަ ޖުލައި މަހަށް ބަދަލުކުރުމުން އެ ފޯރިއާއި ޖޯޝު ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ބަދަލު ގެނެސްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އަދި މި ދާއިރާގެ ޢިލްމީ ބޭފުޅުންނާ މަޝްވަރާކުރުމަކާ ނުލައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަހަރުގެ މެދުތެރެއިން ކިޔެވުން ފެށޭ ނަމަ ތަޢުލީމަށް ދޭންވާ ސަމާލުކަމާއި އިސްކަން ކުޑަވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
''މި ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރޭގައި އޮތް ނިޒާމެއް، އެމ.ްޑ.ީޕީ ސަރުކާރު މި ނިޒާމަށް ބޮޑު ބަދަލެއް ގެނަ.އީ، ޚާއްސަކޮށް ޖޫން، ޖުލައިގައި އާ އަހަރުގެ ކިޔެވުން ފެށުމުގެ ސަބަބުން މައިންބަފައިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނީ، މި ކަން މި ދިމާވާ އެންމެ ބޮޑު ސަބަބަކީ އާ އަހަރު ކޮންމެ އަހަރު ކިޔެވުން ފެށޭ އިރު ޖަނަވަރީ ތެރޭގައި ނުވަތަ އަޅުގަނޑުމެން ފެބުރުވަރީގައި ކިޔެވުން ފެށޭ އިރު މައިންބަފައިން އަންނަނީ ރަނގަޅަށް ފުރިހަމައަށް ތައްޔާރުވަމުން، އާ ޔުނިފޯމާއި އާ ބޫޓާއި، އާ ނަންކޮޅުތަކާ ، ހުރިހާ ކަމެއް ދަރިވަރުންނާއި މައިންބަފައިން ރަނގަޅަށް ތައްޔާރުވެގެން އަންނަނީ ކޮންމެ އަހަރަކު އާ އަހަރު ކިޔެވުމަށް، ވަރަށް ފޯރީގައި ، ވަރަށް ޖޯޝުގައި، އެހެންނަމަވެސް، މި ނިޒާމު ބަދަލުކޮށްލީ އެމ.ްޑ.ީޕީ ސަރުކާރުން،'' ލަތީފް ވިދާޅިވިއެވެ.
އެހެންކަމުން، މިހާރު ހުށަހަޅާފައިވާ އިޞްލާޙުގެ ދަށުން އާ އަހަރުގެ ކިޔެވުން އެންމެ ލަސްވެގެން ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހު ފެށޭ ގޮތަށް ހަމަޖެއްސުމަކީ ގެންނަންޖެހޭ ވަރަށް މުހިންމު އަދި ރަނގަޅު އިޞްލާޙީ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
