logo
MPL

MPL

ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެ ހައްޔަރުގައި ހުރި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުން ބޭރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ނޮވެމްބަރު 2026 - 15:05
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެ ހައްޔަރުގައި ހުރި ޝާހިދު އެމްޑީޕީގެ މައި ގްރޫޕުން ބޭރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުން މިއަދުގެ ވަގުތެއްގައި ޝާހިދު ބޭރުކޮށްލާފައިވާކަން ކަށަވަރުވެފައިވާއިރު، ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ.

ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގުތަކެއް ކަމަށާއި އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެ ހައްޔަރުގައި ހުރި ޝާހިދު އެމްޑީޕީގެ މައި ގްރޫޕުން ބޭރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ނަޝީދުގެ މުށުތެރެއަށް އެމްޑީޕީރިޕޯޓް | 12 ގަޑިއިރު ކުރިންޝާހިދު ހައްޔަރުކުރި އަމުރު އިސްތިއުނާފުކޮށްފިޚަބަރު | 3 ދުވަސް ކުރިންދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 5 ދުވަސް ކުރިން