logo
MPL

MPL

ޚަބަރު

ޝާހިދު ހައްޔަރުކުރި އަމުރު އިސްތިއުނާފުކޮށްފި

އަޙުމަދު ރަމީޒު
5 ނޮވެމްބަރު 2026 - 12:11
ޝާހިދު ހައްޔަރުކުރި އަމުރު އިސްތިއުނާފުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ. މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ ހޯމަ ދުވަހުގެ ރޭ އެވެ.

މި މައްސަލައިގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކުރީ އަންގާރަ ދުވަހު އެވެ.

ޝާހިދު ހައްޔަރުކުރުމުގެ ކުރިން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.

"މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ،" ޝާހިދުގެ ޕޯސްޓްގައިވެ އެވެ.

އުމުރުން 64 އަހަރުގެ ޝާހިދަކީ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. މީގެއިތުރުން އދ.ގެ ރައީސްކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު އިތުރުކޮށްފިޚަބަރު | 23 މިނިޓު ކުރިންޝާހިދު ހައްޔަރުކުރި އަމުރު އިސްތިއުނާފުކޮށްފިޚަބަރު | 28 މިނިޓު ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 2 ދުވަސް ކުރިން