ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު އިތުރުކޮށްފި
5 ނޮވެމްބަރު 2026 - 12:17

ކުވެއިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރަން ނިންމައިފި އެވެ.
ކޭއެފްއޭއީޑީ އިން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާ ލިމިޓް އިތުރުކުރަން ނިންމިކަން އެ ފަންޑްގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ރަޝައިދު އަލްބަދަރް ހާމަކުރެއްވީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާއެކު ސޮއިކުރި އެއްބަސްވުމަށްފަހު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުވުމުގައި އަލްބަދަރް ވިދާޅުވީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޒަރީރު އެދިވަޑައިގެންނެވި ކަންކަމަށް ރިއާޔަތްކުރައްވާ މިއަންނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް މިނިސްޓަރު ޒަރީރު އެދިވަޑައިގެންފައިވާތީ އެކަމަށް އިޖާބަދިނުމުގެ ގޮތުން އެކަމާގުޅޭ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށްވެސް އަލްބަދަރް ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
