logo
MPL

MPL

ޚަބަރު

ޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފި

އައިޝަތު ނަޝާ
3 ނޮވެމްބަރު 2026 - 10:51
ޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފި

18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 9:59 ހާއިރު އެވެ. ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދު ހައްޔަރުކުރުމުގެ ކުރިން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.

"މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ،" ޝާހިދުގެ ޕޯސްޓްގައިވެ އެވެ.

އުމުރުން 64 އަހަރުގެ ޝާހިދަކީ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. މީގެއިތުރުން އދ.ގެ ރައީސްކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.

 އޭނާ ހައްޔަރުކޮށްފައި މިވަނީ މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | ގަޑިއިރެއް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | ދުވަހެއް ކުރިންނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 3 ދުވަސް ކުރިންއިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ދުވަސް ކުރިން