logo
MPL

MPL

ޚަބަރު

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް އަދި ވަކި މަގުތަކެއް ބަންދުވާނެ

އައިޝަތު ނަޝާ
31 އޮކްޓޯބަރު 2026 - 06:41
ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، 2026 އޮކްޓޫބަރު 31 އިން 2026 ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވާ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ނޮވެމްބަރު 2 ވަނަ ދުވަހުގެ 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށެވެ. މީގެއިތުރުން ނޮވެމްބަރު 2 ވަނަ ދުވަހުގެ 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.  މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި، އެ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | 3 ގަޑިއިރު ކުރިންއިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 6 ދުވަސް ކުރިންބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިން